ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް މާލޭގެ ބާސެލޯސް ނަސަންދުރާ ހޮޓެލްގައި މިއަދު ފަށައިފިއެވެ.
އެ ފޯރަމް ކުރިއަށްދާނީ މިއަދުން ފެށިގެން އަންގާރައިގެ ނިޔަލަށެވެ. ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ އެ ފޯރަމަށް މިއަހަރު 10 އަހަރު ފުރޭއިރު، މިއީ 2024 ވަނަ އަހަރު އެންޓީގާ އެންޑް ބާބިއުޑާގައި ބޭއްވި ސިޑްސްގެ ހަތަރުވަނަ ބައްދަލުވުމުގައި އެކުލަވައިލި "އަބާސް" 10 އަހަރުގެ ތަރައްގީގެ ތަސައްވުރު ފާސްކުރި ފަހުން ބާއްވާ އެފަދަ ފުރަތަމަ ފޯރަމެވެ.
މި އަހަރުގެ ބައްދަލުވުމުގައި ދުނިޔޭގެ 30 އަށްވުރެ ގިނަ ގައުމަކުން ސަރުކާރުތަކުގެ މަންދޫބުންނާއި، ވިޔަފާރިވެރިންނާއި، ދިރާސާވެރިން ހިމެނޭހެން 200 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެއެވެ.
އެ ފޯރަމްގެ މައިގަނޑު އަމާޒަކީ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ އިގްތިސޯދީ ގޮންޖެހުންތަކުން އަރައިގަތުމަށް މަޝްވަރާކުރުމާއި، އިންވެސްޓްމަންޓްތައް ދެމެހެއްޓުމުގައި ވިޔަފާރިތަކާއި މަދަނީ ޖަމިއްޔާތަކުގެ ހިއްސާ އިތުރުކުރުމެވެ.
އެގޮތުން ފަސް ޕެނަލް ސެޝަނަކާއި، އިންވެސްޓްމަންޓް ޝޯކޭސްތަކުގެ އިތުރުން، އެކި ގައުމުތަކުގެ 15 ފަރާތެއްގެ އުފެއްދުންތައް ދައްކާލާ މާކެޓްޕްލޭސްއެއް އެ ފޯރަމްގެ ތެރެއިން ކުރިއަށްދާނެއެވެ.
އެ ފޯރަމް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ފަހިވެގެންދިޔައީ، 2024 ވަނަ އަހަރުގެ ސިޑްސް ކޮންފަރެންސްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައި، ކުދި ގައުމުތަކަށް މާލީ އެހީތެރިކަން ހޯދުމަށް ވަކާލާތު ކުރެއްވުމާ ގުޅިގެންނެވެ.
އެ ކޮންފަރެންސްގެ ނައިބު ރައީސްކަމާއި ޕްރިޕެރޭޓަރީ ކޮމިޓީގެ ކޯ-ޗެއާކަންވެސް ރާއްޖެއިން ވަނީ އަދާކޮށްފައެވެ.
މުހައްމަދު އިޝާން
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ކޮމެންޓް