ހާއްސަ ޑިސްކައުންޓަކާއެކު ފަރީ ހައްޖު އެންޑް އުމްރާ ގްރޫޕްގެ ހަވާލުގައި ޖޫން އަދި ޖުލައި މަހު އުމްރާއަށް ދިއުމަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

"ވަން" އަށް މައުލޫމާތު ދެމުން ފަރީ ހައްޖު އެންޑް އުމްރާ ގްރޫޕުން ބުނީ އަންނަ މަހުގެ 30ގެ ނިޔަލަށް ފައިސާ ދައްކާ ފަރާތްތަކަށް ޖޫން އަދި ޖުލައި މަހުގެ އުމްރާއަށް ދިއުމަށް ދައްކަން ޖެހޭނީ 26،990 ރުފިޔާ ކަމަށެވެ. އޭގެ ފަހުން ފައިސާ ދައްކާ ފަރާތްތަކުން ދައްކަން ޖެހެނީ 28،990 ރުފިޔާއެވެ.

އުމްރާ ޕެކޭޖުގައި ހިމެނޭ ކަންކަން:

  • ދެކޮޅު ޓިކެޓު
  • އުމްރާ ވިސާ
  • ތިން އުމްރާ (ހިލޭ)
  • ސިއްހީ ފަރުވާ
  • ފައިވާންލާ ކޮތަޅު
  • ދީނީ އިރުޝާދުތައް
  • ހަރަމާ ކައިރިން ހޮޓެލް
  • ދުއާ ފޮތް، ތޮވާފް ތަސްބީހަ
  • ފަސް ލީޓަރުގެ ޒަމްޒަމް ފެން
  • ދިވެހީންނާ ގުޅޭ މީރު ކެއުން
  • އުމްރާ ކުރާނެ ގޮތުގެ އެންމެ ސައްހަ މައުލޫމާތު

އުމްރާ ކުރާ ފަރާތްތަކަށް އިހުތިޔާރީ ހިދުމަތްތަކުގެ ގޮތުގައި ތޯއިފްގެ ދަތުރާއި މައްކާ، މަދީނާ ރެއިލް ދަތުރާއި ޖިއްދާ ދަތުރާއި އިތުރު އުމްރާއެއްގެ ފުރުސަތާއި ހިރާ ފަރުބަދައަށް އެރުމުގެ ފުރުސަތު ލިބޭނެއެވެ.

މީގެ އިތުރުން ފަރީ ހައްޖު އެންޑް އުމްރާ ގްރޫޕުން ވަނީ އަންނަ ރޯދަ މަހު އުމްރާއަށް ދިއުމަށް ރަޖިސްޓްރީވުމުގެ ފުރުސަތުވެސް ހުޅުވާލައިފައެވެ. އެގޮތުން 37 ދުވަހުގެ އުމްރާގެ އަގަކީ 48،500 ރުފިޔާއެވެ. އެއީ މުޅި ރޯދަ މަހާއި ހަ ރޯދައާވެސް އެކުގައެވެ. އަދި 21 ދުވަހުގެ އުމްރާގެ އަގަކީ 42،500 ރުފިޔާއެވެ. އެއީ ފަހު 15 ރޯދައާއާއި ހަ ރޯދައާވެސް އެކުގައެވެ. ރޯދަ މަހުގެ އުމްރާގައި ހަތަރު އުމްރާ ވުމުގެ ފުރުސަތު ލިބޭނެއެވެ.

ފަރީ ހައްޖު އެންޑް އުމްރާ ގްރޫޕުގެ އެންމެ ހާއްސަ ކަމަކީ އުމުރާވެރީންނާ އެ ގްރޫޕުން ބަހައްޓާ ގާތް ކަމާއި އަޅާލުމެވެ. އެގޮތުން ބަލި މީހުންނަށް ގޮނޑީގައި ހަރަމަށް ގެންގޮސް ހޮޓަލަށް ގެނެސް ދިއުމުގެ ހިދުމަތްވެސް އެ ގްރޫޕުން ފޯރުކޮށްދޭނެއެވެ. އަދި އެކަނި އުމްރާއަށް ދާ މީހުންނަށްވެސް އެ ގްރޫޕުން ހާއްސަ އަހަންމިއްޔަތުކަމެއް ދީ ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިދެއެވެ. އެހެންކަމުން އެކަނި މަންމަ ނުވަތަ ބައްޕަ ނުވަތަ އާއިލާގެ އެހެން މީހަކުވެސް އުމްރާއަށް ފޮނުވުމަށް ބޭނުން ނަމަ ފަރީ ހައްޖު އެންްޑް އުމްރާ ގްރޫޕަކީ އެކަމަށް އެންމެ އިތުބާރު އޮތް ގްރޫޕެކެވެ.

އުމްރާއަށް ދިއުމަށް ރަޖިސްޓްރީ ވާން ބޭނުންވާ ފަރާތްތަކުން https://forms.gle/dRjy8eVoneRDcGNR8 ލިންކް މެދުވެރިކޮށް ރަޖިސްޓްރީ ވެވޭނެ ކަމަށް ވެސް އެ ގްރޫޕުން ބުންޏެވެ.

ފަރީ ހައްޖު އެންޑް އުމްރާ ގްރޫޕްގެ އުމްރާގެ ހިދުމަތްތަކާ ބެހޭ އިތުރު މައުލޫމާތު 9110909، 9632514، 9545451 ނަންބަރުތަކުން ލިބޭނެއެވެ.