އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއާ މި އަހަރުގެ ފަހުކޮޅު ބައްދަލުކުރައްވަން ބޭނުންފުޅުވާކަމަށް ވިދާޅުވުމުން، އެކަމަށް ޝައުގުވެރިކަމެއް ނެތް ކަމަށް އުތުރު ކޮރެއާއިން ބުނެފިއެވެ.
ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވިދާޅުވި ގޮތުގައި، އޭނާ ވަނީ ކިމްއާ ބައްދަލުކުރެއްވުމަށް ހުށަހަޅުއްވައިފައެވެ. އެ ހުށަހެޅުމަށް ކިމްގެ ފަރާތުން ޖަވާބު ލިބިވަޑައިގެންފައިވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް އެ ޖަވާބުގެ ތަފުސީލެއް ނުދެއްވައެވެ. މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓްރަމްޕް މިކަން ހާމަކުރެއްވީ ދެކުނު ކޮރެއާއާއެކު އެމެރިކާއިން ބާއްވާ އަސްކަރީ ތަމްރީނުތައް މަދުކުރުމަށް އެންގެވުމަށް ފަހުގައެވެ.
ޓްރަމްޕްގެ މި ވާހަކަތަކާ ގުޅިގެން އުތުރު ކޮރެއާގެ ރަސްމީ ނޫސް އެޖެންސީ (ކޭސީއެންއޭ) މެދުވެރިކޮށް، ކިމްގެ ކޮއްކޯފުޅު، ކިމް ޔޯ ޖޮންގް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެމެރިކާއިން އަސްކަރީ ތަމްރީނުތައް މަދުކުރުމަކީ އެއްޗެއް ބުނަން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށެވެ. އަދި އެމެރިކާއާއެކު މަޝްވަރާކުރުމަށް އުތުރު ކޮރެއާއިން އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
އެހެންނަމަވެސް، ޓްރަމްޕާއި ކިމްއާ ދެމެދު އޮތް އަމިއްލަ ގުޅުން އަދިވެސް ވަރަށް ރަނގަޅު ކަމަށް ކިމް ޔޯ ޖޮންގް ފާހަގަކުރެއްވިއެވެ.
އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓްރަމްޕް މަސައްކަތްކުރައްވަނީ މިއަހަރުގެ ނޮވެންބަރު މަހު ޗައިނާގައި އޮންނަ އޭޕެކް ސަމިޓުގެ ހަވާސާގައި ކިމްއާ ބައްދަލުކުރެއްވުމަށެވެ.
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ކޮމެންޓް