ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ) ކޮންސްޓްރަކްޝަން ސޮލިއުޝަންސް އިން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ "ސަޅިއޭ މަކީޓާ" ޕްރޮމޯޝަންގެ މިއަހަރުގެ ޕްރޮމޯޝަން ފަށައިފިއެވެ.
އެސްޓީއޯއިން މިރޭ ބުނީ އެ ޕްރޮމޯޝަން ފަށާފައިވަނީ އިއްޔެ ކަމަށާއި، ސެޕްޓެމްބަރު 20 ވަނަ ދުވަހުގެ ނިޔަލަށް އެ ޕްރޮމޯޝަން ކުރިއަށްދާނެ ކަމަށެވެ.
އެ ޕްރޮމޯޝަންގައި، ގުރުއަތުން ހޮވޭ އެއްވަނަ ނަސީބުވެރިޔާއަށް 50،000 ރުފިޔާގެ އަގުހުރި ފައިސާގެ އިނާމެއް ލިބޭނެކަމަށް އެސްޓީއޯއިން ބުންޏެވެ. ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވުމަށް ބާއްވާ ގުރުއަތުލުން އޮންނާނީ ޕްރޮމޯޝަން މުއްދަތު ހަމަވާތާ ހަފުތާއެއްހާ ދުވަހުގެ ތެރޭގައިކަމަށް އެސްޓީއޯއިން ބުންޏެވެ.
އެ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބެނީ 1،000 ރުފިޔާއިން ފެށިގެން މަތީގެ ވިޔަފާރިކުރައްވާ ކޮންމެ ކަސްޓަމަރަކަށްކަމަށް އެސްޓީއޯއިން ބުންޏެވެ. އެގޮތުން ކުރާ ކޮންމެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެކަމަށް އެސްޓީއޯއިން ބުންޏެވެ.
މީގެ އިތުރުން ކޮންމެ ހަފުތާއަކު އެންމެ ގިނައިން ވިޔަފާރިކުރާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައިކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި ޕްރޮމޯޝަންގެ ދަށުން ހޮވާލެވިފައިވާ މަކީޓާގެ އެކި ޕްރޮޑަކްޓްތަކުން އަށް ޕަސަންޓްއާއި 50 ޕަސަންޓްއާ ދެމެދުގެ ޑިސްކައުންޓްތަކެއް ލިބެން ހުންނާނެކަމަށް އެސްޓީއޯއިން ބުންޏެވެ.
މާލޭގައި ހުންނަ މަކީޓާ ޝޯރޫމާއި ހުޅުމާލޭގެ ކޮންސްޓްރަކްޝަން ޝޯރޫމްގެ އިތުރުން، އަތޮޅުތަކުގައި ހުންނަ އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުގައިވެސް އެ ޕްރޮމޯޝަން ކުރިއަށްދާނެކަމަށް އެސްޓީއޯއިން ބުންޏެވެ.
އެ ޕްރޮމޯޝަންގެ މަގުސަދަކީ ކަސްޓަމަރުންނާ އޮންނަ ގާތްގުޅުން ބަދަހިކޮށް، ދުނިޔޭގެ މަޝްހޫރު އަދި އިތުބާރު ހިފޭ މަކީޓާ ބްރޭންޑްގެ ތަކެތި އާންމުންނަށް ވީހާވެސް ހެޔޮ އަގުގައި ފޯރުކޮށްދިނުންކަމަށް އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯއިން މަކިޓާގެ އުފެއްދުންތައް ވިއްކާތާ މިހާާރުވަނީ 28 އަހަރުވެފައެެވެ.
މުހައްމަދު އިޝާން
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ
ކޮމެންޓް