އަލްޓްރާ ސައުންޑު ސްކޭން މެޝިން އުފެއްދުމުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ޖީއީ ހެލްތުކެއާގެ ޕޯޓަބަލް ސްކޭނެއް އެސްޓީއޯއިން ރާއްޖެއަށް ތައާރަފުކޮށްފިއެވެ.
ހޮޓެލް ޖެންގައި ރޭ ބޭއްވި ޚާއްސަ ހަފްލާއެއްގައި މި ޑިވައިސް ތަޢާރަފްކޮށްދެއްވީ، އެސްޓީއޯގެ ސީއީއޯ އަދި އެމްޑީ ޝިމާދު އިބްރާހިމާއި، ޖީއީ ހެލްތު ކެއަރގެ ދެކުނު އޭޝިއާގެ ސޭލްސް ހެޑް ޖަގްދިޝް ބާބޫއެވެ.
އެސްޓީއޯއިން ބުނީ ކްލިނިކްތަކުގެ ކޮންސަލްޓޭޝަން ރޫމުތަކުން ނުކުމެ ބަލިމީހާއާ ވީހާވެސް ކައިރިން ހިދުމަތްދިނުމުގައި މި ޑިވައިސް ވަރަށް ބޮޑު ދައުރެއް އަދާކުރާނެ ކަމަށެވެ. އަދި މިއީ ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައި، ކުދިކުދި ރަށްރަށަށް މި ހިދުމަތް ފުޅާކުރުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ފުރުސަތެއް ކަމަށް ވެސް ބުންޏެވެ.
އެރޭޑިއޮލޮޖިސްޓުންގެ މެދުގައި މަގުބޫލު ޖީއީ ހެލްތުކެއާގެ ސްކޭން މެޝިން ސާވިސްކޮށް ހަރުދަނާކުރަން ކޮންމެ މޮޑެލްއަކަށް ހާއްސަ އިންޖީނިއަރެއް ތަމްރީނުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެމްއާރުއައި އާއި ސީޓީ އާއި މެމޮގްރަފީ އަދި އަލްޓްރާ ސައުންޑު ފަދަ ކޮންމެ މެޑެލްއަކަށް ސެޓިފައިޑް އިންޖީނިއަރުން ހިމެނޭ ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ.
އެ ޑިވައިސްއަކީ ދިވެހިންނާ ހަމައަށް އީޖާދީ އުފެއްދުންތައް ގެނެސްދިނުމަށް ކެނޑިނޭޅި ކުރާ މަސައްކަތަށް ލިބުނު ކާމިޔާބީއެއް ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ
އެސްޓީއޯ
ކޮމެންޓް