އީރާނަށް އެހީތެރިވާ ނުވަތަ އެ ގައުމާ އެކު ވިޔަފާރިކުރާ ކޮންމެ ގައުމަކަށް ބޮޑެތި އަދަބުތަކެއް ދޭނެ ކަމުގެ އިންޒާރާ އެކު، އީރާނުގެ އިގުތިސާދަށް އަމާޒުކޮށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނުކުރައްވައިފިއެވެ.
ޓްރުތު ސޯޝަލްގައި ބުދަ ދުވަހު އާންމުކުރެއްވި މެސެޖެއްގައި ޓްރަމްޕް ވިދާޅުވި ގޮތުގައި، މިއީ މިހާތަނަށް ގައުމަކާ ދެކޮޅަށް ހިންގާ އެންމެ ހަރުކަށި އިގުތިސޯދީ އޮޕަރޭޝަނެވެ. މިއީ ކުރިން ނުދެކޭ ފަދަ ފުޅާ ދާއިރާއެއްގައި ކުރާ އިގުތިސޯދީ ހަނގުރާމައެއް ކަމަށް ވެސް ޓްރަމަޕް ވިދާޅުވިއެވެ. އީރާނަށް އެއްވެސް ބާވަތެއްގެ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މާލީ އިދާރާތަކާއި، ވިޔަފާރިތަކާއި، އެއާޕޯޓުތައް ނުވަތަ ސަރުކާރުގެ މުއައްސަސާތަކަށް ހުއްދަދޭ ކޮންމެ ގައުމަކަށް ވެސް އިގުތިސޯދީ ގޮތުން ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ޓްރަމްޕް އިންޒާރުދެއްވިއެވެ. ނަމަވެސް، އެ ގައުމުތަކާ ދެކޮޅަށް އަޅާނީ ކޮންކަހަލަ ފިޔަވަޅުތަކެއް ކަމެއް ޓްރަމްޕް ވިދާޅުވެފައެއް ނުވެއެވެ.
އެމެރިކާއިން އީރާނާ ދެކޮޅަށް އިގުތިސޯދީ ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރަން ނިންމާފައި މިވަނީ، ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކަށް ހަ މަސް ދުވަސް ވާން ގާތްވެފައި ވަނިކޮށެވެ. މީގެ އިތުރުން، ހޮރުމުޒް ކަނޑުއޮޅިން އާގުބޯޓުފަހަރު ދަތުރުކުރުމަށް އީރާނުން އަދިވެސް ހުރަސްއަޅަމުންދާ ކަމަށް އޭއެފްޕީ ފަދަ ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވެސް ވަނީ، ދުނިޔެ މީގެ ކުރިން ނުދެކޭ ފަދަ މިންވަރަކަށް އީރާން އިގުތިސޯދީ ގޮތުން އެކަހެރިކުރާނެ ކަމަށް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވިދާޅުވެފައެވެ.
މި މައްސަލައާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް މީގެ ކުރިން ރިޕޯޓުކޮށްފައިވީ ނަމަވެސް، އީރާނާ އެކު އެއްވެސް މަޝްވަރާއެއް މިހާރު ކުރިއަށް ނުދާ ކަމަށް ޓްރަމްޕް ވަނީ އަންގާރަ ދުވަހު ވިދާޅުވެފައެވެ.
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ކޮމެންޓް