ޓެނިސް ތަރި ނިކް ކިރިއޯސް، ކޮކޭންއަށް ޕޮސިޓިވްވެގެން ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފިއެވެ.
އޮސްޓްރޭލިއާއަށް ނިސްބަތްވާ ކިރިއޯސް ޕޮސިޓިވްވީ، އޭނާ ސްޕެއިންގެ މަޔޯކާ އޯޕަންގައި ޖޫން 22 ވަނަ ދުވަހު ދިން ސާމްޕަލްއަކުންނެވެ. އެގޮތުން އޭނާގެ ސާމްޕަލްއިން ބެންޒޮއިލެކްގޮނިން ފެނިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެއީ ކޮކޭންގައި ހިމެނޭ މާއްދާއެކެވެ.
ކުރިން ދުނިޔޭގެ ޓެނިސް ރޭންކިންގެ 13 ވަނައިގައި އޮތް ކިރިއޯސް، ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފައި ވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުގައެވެ. އިންޓަނޭޝަނަލް ޓެނިސް އިންޓެގްރިޓީ އެޖެންސީން ބުނީ ސަސްޕެންޝަނަށްފަހު ކިރިއޯސްއަށް އެ މައްސަލަ އިސްތިއުނާފުކުރަން ފުރުސަތު ދިން ނަމަވެސް، އޭނާ އެކަން ކޮށްފައި ނުވާ ކަމަށެވެ.
އިންސްޓާގްރާމްގައި ކިރިއޯސް ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާއަށް ބޮޑު ގޯހެއް ހެދިއްޖެ ކަމަށާއި އެކަމުގެ ފުރިހަމަ ޒިންމާ ނަގާނެ ކަމަށެވެ.
މިހާރު ކިރިއޯސްއަށް އައި ސަސްޕެންޝަނާއެކު އޭނާއަށް މެޗުތައް ކުޅުމުގެ އިތުރުން ކުޅުންތެރިޔަކަށް ކޯޗުކަން ކޮށްދިނުން އަދި ގްރޭންޑް ސްލޭމްތަކަށާއި، ޓުއާ އިވެންޓްތަކަށް ދިޔުންވެސް ވަނީ މަނާވެފައެވެ.
ހަބަރުތައް ބުނެފައި ވަނީ އެ މައްސަލައިގައި ކިރިއޯސްއަށް ހަތަރު އަހަރުގެ ދިގު ސަސްޕެންޝަނެއް އައުން ގާތް ކަމަށެވެ. އެހެން ނަމަވެސް އޭނާ ކޮކޭން ބޭނުންކުރީ ޓެނިހުގެ މާހައުލުން ބޭރުގައި ކަމަށް ސާބިތުކޮށްދެވިއްޖެ ކަމަށްވާނަމަ، އަންނާނީ ތިން މަހުގެ ސަސްޕެންޝަނެއް ކަމަށްވެސް ނޫސްތައް ބުނެއެވެ.
އުމުރުން 31 އަހަރުގެ ކިރިއޯސް މި ސީޒަނުގެ މިހާތަނަށް ކުޅުނީ ތިން މެޗެވެ. އެއީ އަނިޔާގެ ސަބަބުންނެވެ.
ޓެނިސް
ޓެނިސް
ޓެނިސް
ޓެނިސް
ކޮމެންޓް