ފައިނޭންޝަލް ކޮންސިއުމާ ޕްރޮޓެކްޝަން ރެގިއުލޭޝަނާއި ސިމްޕްލިފައިޑް އަދި އިލެކްޓްރޯނިކް ކަސްޓަމާ ޑިއު ޑިލިޖެންސް ރެގިއުލޭޝަނަށް އާންމުންގެ ހިޔާލު ހޯދުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ހުޅުވާލައިފިއެވެ.
އެމްއެމްއޭއިން ބުނިގޮތުގައި، ފައިނޭންޝަލް ކޮންސިއުމާ ޕްރޮޓެކްޝަންގެ ރެގިއުލޭޝަނަކީ މާލީ ހިދުމަތްތައް ހޯދާ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެކުލަވާލާފައިވާ ގަވާއިދެކެވެ. މި ގަވާއިދުގެ މައިގަނޑު މަގުސަދަކީ މާލީ ހިދުމަތްތައް ބޭނުންކުރާ ފަރާތްތަކަށް އެކަށީގެންވާ ރައްކާތެރިކަން ފޯރުކޮށްދިނުމެވެ.
މީގެ އިތުރުން، ކަސްޓަމާ ޑިއު ޑިލިޖެންސްގެ ގަވާއިދަކީ މަނީ ލޯންޑަރިންއާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދެކެވެ. މި ގަވާއިދުގައި، ކަސްޓަމަރުންގެ ވަނަވަރު ދެނެގަތުމާއި އެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތަކާއި ޝަރުތުތައް ބަޔާންކޮށްފައިވެއެވެ.
މި ދެ ގަވާއިދު އެކުލަވާލާފައިވަނީ މާލީ އިދާރާތަކާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުގެ ހިޔާލާއި މަޝްވަރާއާއެކުގައެވެ. މި ގަވާއިދުތަކަށް އާންމުންނަށް ހިޔާލު ހުށަހެޅޭނީ މިމަހުގެ 26 ވާ ބުދަ ދުވަހުގެ 15:00 އާ ހަމައަށެވެ. ހިޔާލު ހުށަހަޅަން ޖެހެނީ އީމެއިލް މެދުވެރިކޮށް [email protected] އަށެވެ.
އެމްއެމްއޭ
ކޮމެންޓް