ހިއުމަންރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެންބަރުކަމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ދެ ބޭފުޅުންވެސް، އެ ކަމަށް ގާބިލު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ފާސްކޮށްފިއެވެ.
އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައި ވަނީ، ގދ. ތިނަދޫ އަސޭ، ސަމާއު އަހްމަދު ނަޖީބު އާއި ކ. މީނާޒު ޝައްމޫން ހަމީދުގެ ނަމެވެ.
އެ ދެބޭފުޅުންގެ ނަން މަޖިލިސް ތަޅުމުގައި އިއުލާން ކުރެއްވުމަށްފަހު އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވިއެވެ.
އެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި، އެ ދެބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށް، މައްސަލަ ދިރާސާކޮށް ނިންމައި ކޮމިޓީ ރިޕޯޓް އެކުލަވައިލިއެވެ.
އެގޮތުން އެ ދެ ބޭފުޅުންނަކީވެސް ކޮމިޝަނަށް އައްޔަންކުރަ ކޮމިޓީން ކަނޑަައަޅާ މިންގަނޑު ކަމަށްވާ، 75 ޕަސެންޓަށްވުރެ މަތިން މާކްސް ލިބިފައިވާ ދެބޭފުޅުން ކަމަށް ވިދާޅުވެ، އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަންކުރުމުގެ ގާބިލުކަން އެ ދެބޭފުންގެވެސް ހުރިކަމަށް ކޮމިޓީން ފާސްކުރަން ހުށަހެޅުއްވީ ކޮމެޓީގެ މުގައްރިރު، ނިލަންދޫ ދާއިރާގެ ޕީއެންސީ ލީޑަރު ފާތިމަތު ސައުދާއެވެ.
އެ ކޮމިޝަނަށް މެންބަރަކު އައްޔަން ކުރެއްވުމަށް ދެ ބޭފުޅެއްގެ ނަން ފޮނުއްވީ، އެ ކޮމިޝަންގެ މެންބަރުކަމުގެ މަގާމުގައި މިހާރުވެސް ހުންނެވި، ސަމާއު އަހްމަދު ނަޖީބުގެ މެންބަރު ކަމުގެ މުއްދަތު އަންނަ އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީއެވެ.
މި ދެ ބޭފުޅުންގެ ތެރެއިން ބޭފުޅަކު އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުންދެއްވުމަށް އެދިވަޑައިގެން ރައީސް މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ، އެޗްއާރުސީއެމްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލެއްވި ފުރުސަތުގައި، އެކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މަޖިލީހަށް ފޮނުއްވި ދެ ބޭފުޅުންނަކީ އެ މަގާމަށް އައްޔަން ކުރެއްވުމަށް އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅުން ކަމަށެވެ.
މީގެތެރެއިން ޝައްމޫން ވަނީ މީގެ ކުރިންވެސް އެޗްއާރުސީއެމްގެ ޑިރެކްޓާ ޖެެނެރަލްގެ މަގާމު އަދާކުރައްވައިފައެވެ.
އިބްރާހިމް ޒަކީ
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
ކޮމެންޓް