ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާތަނަށް ފަސް ކުންފުނި އަލަށް އުފައްދާފައިވާ ކަމަށް މިނިސްޓާ އޮފް ފިނޭންސް އެންޑް ޕަބްލިކްއެންޓަޕްރައިޒަސް ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޒަރީރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި، މި ސަރުކާރުން އަލަށް އުފެއްދި ކުންފުނިތަކާއި އެ ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދު އޮޅުންފިލުއްވުމަށް މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން މިހާތަނަށް އަލަށް ފަސް ކުންފުޏެއް އުފައްދާފައިވާ ކަމަށެވެ.
އަަލަށް އުފެއްދި ކުންފުނިތައް:
- މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސް މާކެޓިން އެންޑް ޕްރޮމޯޝަންކޯޕަރޭޝަން ލިމިޓެޑް
- ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް
- އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސޮލިއުޝަން ކޮމްޕެނީ
- މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޑިވެލޮޕްމަންޓް ލިމިޓެޑް
- ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް
މިނިސްޓަރު ވިދާޅުވީ މި ހުރިހާ ކުންފުންޏަކަށް އިތުރު ވެފައި ވަނީ 156 މުވައްޒަފުން ކަމަށެވެ. އެގޮތުން، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް އުފެއްދުމުން، އެސްޓީއޯގެ ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ގެ އޭރިއާގައި މަސައްކަތްކުރަމުންދިޔަ 733 މުވައްޒިފުން ސްޓޭޓް ފާމާއަށް ބަދަލުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ
މިނިސްޓަރު ވިދާޅުވީ އެ 733 މުވައްޒަފުންނާ އެކު ޖުމުލަ، އަލަށް އުފެދުނު ކުންފުނިތަކުގައި 889 މުވައްޒަފުން އެބަތިބި ކަމަށެވެ.
އިބްރާހިމް ޒަކީ
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު
ކޮމެންޓް