މޯލްޑިވިއަންއިން، ފަތުރުވެރިންނަށް ވިއްކާ އެތެރޭގެ އުދުހުންތަކުގެ ޓިކެޓު ފެއާތައް މުރާޖައާކޮށް އަގުހެޔޮ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން މިއަދު ނިންމައިފިއެވެ.
ރައީސް އޮފީހުން މިރޭ އެ ނިންމުން އިއުލާންކުރުން ފިޔަވައި އެކަމާ ގުޅޭ އިތުރު ތަފުސީލެއް ނުދެއެވެ.
ކެބިނެޓުން އެގޮތަށް ނިންމާފައިމިވަނީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ހީނަރުކަން އައިސްފައިވާ ދަނޑިވަޅެއްގައެވެ. ފެބުރުވަރީ 28 ގައި އެމެރިކާއިން އީރާނަށް ދިން ކުއްލި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ވައިގެ ދަތުރުތަކަށް ބުރޫއެރުމަކީ ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވި މައިގަނޑު އެއް ސަބަބެވެ.
އެ ސަރަހައްދުގައި ހަމަލާތައް ދިގުލައިގެން ދިޔުމުގެ ސަބަބުން ގިނަ ފަތުރުވެރިން ވަނީ ދަތުރުތައް ކެންސަލްކޮށް، ދަތުރުފަތުރުގެ އަގުތައް އުފުލިފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރީ 1.3 މިލިއަން ފަތުރުވެރިންނެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4 ޕަސަންޓުގެ ދަށްވުމެކެވެ.
މުހައްމަދު އިޝާން
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓް
ކޮމެންޓް