ބޮލީވުޑްގެ އެކްޓަރު އިމްރާން ހާޝިމީގެ ކުރިއަށް އޮތް އެކްޝަން ފިލްމު "ގަންމާސްޓަރ ޖީ9" މިއަހަރުގެ ނޮވެންބަރު 27 ގައި ސިނަމާތަކަށް ނެރެން ނިންމައިފިއެވެ. މިކަން ކަށަވަރުކޮށްދީފައިވަނީ އިމްރާން އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް އާންމުކުރި ޕޯސްޓެއްގައެވެ.
އިމްރާން ބުނި ގޮތުގައި މި ފިލްމަކީ ހަމައެކަނި އެކްޝަން ފިލްމެއް ނޫނެވެ. އޭނާ ބުނީ ނޮވެންބަރު 27 ގައި ފިލްމު ބޮޑު ސްކްރީނަށް އަންނާނެ ކަމަށާއި، މި ފަހަރު ފެނިގެންދާނީ ހަމައެކަނި ބަޑީގެ ހަމަލާތައް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެކްޝަންއާއެކު ލޯތްބާއި މިޔުޒިކްވެސް ފެނިގެންދާނެ ކަމަށް އޭނާ ފާހަގަކުރިއެވެ. އަދިތިޔާ ދައްތު ޑައިރެކްޓުކުރާ މި ފިލްމުގައި އިމްރާންއާއެކު މުހިންމު ރޯލުތަކުން ފެނިގެންދާނީ ޖެނީލިއާ ދޭޝްމުކް އަދި އަޕަރްޝަކްތީ ކުރާނާ އެވެ.
މި ފިލްމަކީ އިމްރާންގެ އެންމެ ފަހުގެ ފިލްމު "އަވާރަޕަން 2" އަށްފަހު އޭނާ ފެނިގެންދާނެ ފުރަތަމަ ޕްރޮޖެކްޓެވެ.
މި މަހު 14 ގައި ނެރުނު "އަވާރަޕަން 2" އަށް ބޮކްސް އޮފީހުގައި ރަނގަޅު އާމްދަނީއެއް ލިބިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. "ގަންމާސްޓަރ ޖީ9" ގެ މިއުޒިކް ތައްޔާރުކޮށްފައިވަނީ ހިމޭޝް ރޭޝަމިޔާ އެވެ. މިއީ 2005 ވަނަ އަހަރު ނެރުނު "އާޝިގް ބަނާޔާ އާޕްނޭ" އަށްފަހު އެމްރާން، އަދިތިޔާ އަދި ހިމޭޝް އެކުގައި މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.
ދީޕަކް މުކުޓް، ހުނަރު މުކުޓް އަދި ސަންގީތާ އަހީރު ޕްރޮޑިއުސްކުރާ މި ފިލްމު ނޮވެންބަރު 27 ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރިލީޒްކުރުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ކޮމެންޓް