ނިއުކްލިއަ ހަތިޔާރު އުފެއްދުން ހުއްޓޭފަދަ ފަދަ އެއްބަސްވުމަކަށް އީރާނުން ނާންނާނެ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ޓްރުތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، އެމެރިކާގެ އެންމެ ބޮޑު އަމާޒަކީ އީރާނަށް އެއްވެސް ސިފައެއްގައި ނިއުކްލިއަރ ހަތިޔާރު ނުލިބޭނެކަން ކަށަވަރުކުރުމެވެ. އީރާނަށް ނިއުކްލިއަރ ހަތިޔާރު ނުލިބޭނެ ކަމަށް ވެސް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރީން އެމެރިކާއިން އީރާނުގެ ނިއުކްލިއަ މަރުކަޒުތަކަށް ދިން ހަމަލާތަކާ ގުޅިގެން، އެ ގައުމުގެ ނިއުކްލިއަ ގާބިލުކަން އަލުން ބިނާކުރުމަށް ވަރަށް ދިގު މުއްދަތެއް ނަގާނެ ކަމަށް ވެސް ޓްރަމްޕް ފާހަގަކުރެއްވިއެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، އެ ހަމަލާތަކުގެ ސަބަބުން އީރާނުގެ ނިއުކްލިއަ ޕްރޮގްރާމް ވަނީ އެތައް އަހަރެއް ފަހަތަށް ސޮއްސާލައިފައެވެ.
އަލް އަރަބިއްޔާއާއި ރޮއިޓާސް ފަދަ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓްރަމްޕް މިހެން ވިދާޅުވެފައިވަނީ މެދުއިރުމަތީގެ މައްސަލަތައް ހައްލުކުރުމަށް ކުރިއަށްދާ ޑިޕްލޮމެޓިކް މަސައްކަތްތަކަށް ކުރިއެރުމެއް ނުލިބި މަޑުޖެހިފައިވާ ދަނޑިވަޅެއްގައެވެ.
އެމެރިކާއިން އީރާނަށް ދިން ހަމަލާތަކުގައި އެ ގައުމުގެ ނިއުކްލިއަ ޕްރޮގްރާމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޓްރަމްޕް ވަނީ މީގެ ކުރިން ވެސް ވިދާޅުވެފައެވެ. ނަމަވެސް، މި ހަމަލާތަކާ ގުޅިގެން އީރާނުގެ ނިއުކްލިއަ ޕްރޮގްރާމަށް ލިބުނު ގެއްލުމުގެ މިންވަރާ މެދު އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކުން ތަފާތު ގޮތްގޮތަށް ލަފާކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން، އެމެރިކާގެ ޑިފެންސް އިންޓެލިޖެންސް އޭޖެންސީން ލަފާކޮށްފައިވާ ގޮތުގައި، އެ ހަމަލާތަކުގެ ސަބަބުން އީރާނުގެ ޕްރޮގްރާމް ފަހަތަށް ގޮސްފައިވަނީ މަދު މަސްތަކަކަށެވެ. އެހެންނަމަވެސް، ޓްރަމްޕް ވިދާޅުވެފައިވަނީ އިންޓެލިޖެންސް މައުލޫމާތުތައް ސާފު ނޫން ކަމަށާއި، ހަމަލާތަކުގައި އީރާނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ކޮމެންޓް