ސްޕެއިންގެ ވިއާނާ ސަރަހައްދަށް ފްލައިބައި ފްލައިޓް ސުކޫލުގެ ކުޑަ މަތިންދާބޯޓެއް އިމަޖެންސީގައި ޖައްސަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެއްގައި އެ ބޯޓުގައި ތިބި ދިވެހި ދަރިވަރަކާއި އޭނާގެ އިންސްޓްރަކްޓަރަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.
ސްޕެއިންގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހާދިސާ ހިނގީ އަގޮންސިއްޔޯ އެއާޕޯޓުން ނެގި ޓެކްނަމް 2006 މޮޑެލްގެ ބޯޓު އުދުހެމުން ދަނިކޮށް ދިމާވި މައްސަލައަކާ ގުޅިގެން، އެ ސަރަހައްދަށް އިމަޖެންސީގައި ޖައްސަން އުޅުމުގެ ތެރޭގައެވެ.
ސްޕެއިންގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި މި ހާދިސާ މެދުވެރިވާން މާހިރުން ލަފާކުރަނީ ބޯޓުގެ އިންޖީނުގައި ދޫންޏެއް ތާށިވެގެން ނުވަތަ މެކޭނިކަލް މައްސަލައެއް ދިމާވެގެންނެވެ.
މި ހާދިސާގައި އަނިޔާވި ދިވެހި ދަރިވަރަކީ އުމުރުން 27 އަހަރުގެ ޒުވާނެކެވެ. އޭނާގެ ބޮލަށް އަނިޔާވެ، ފަޔަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އޭނާއަށް އެމްބިއުލަންސްގައި ލޮގްރޯނޯ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ އިރު، ހާލު ސީރިއަސް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބޯޓު ދުއްވަން ހުރި އުމުރުން 26 އަހަރުގެ ޕޯޗުގަލް އިންސްޓްރަކްޓަރުގެ މައިބަދަ ބިންދައިގެން ގޮސް ވަރަށް ބޮޑަށް ވަނީ އަނިޔާވެފައެވެ. އޭނާ ވަނީ ސިއްހީ ހެލިކޮޕްޓަރުގައި ނަވާރާގެ ޔުނިވަސިޓީ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ. ސްޕެއިންގެ އޭވިއޭޝަން ސޭފްޓީ އެޖެންސީން މިހާރު ވަނީ މި ހާދިސާގެ ތަހުގީގު ފަށައިފައެވެ.
މި ހާދިސާއާ ގުޅޭގޮތުން އަދި ދިވެހި ދަރިވަރުގެ ހާލަތާ ގުޅޭ ތަފްސީލެއް ދިވެހި ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ސްޕެއިން
ސްޕެއިން
ސްޕެއިން
ސްޕެއިން
ކޮމެންޓް