އުރީދޫ ނޭޝަން އިން އިންތިޒާމުކޮށްގެން ބޭއްވި ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް 2026 ގެ ޗެމްޕިއަންކަން ސިންޑިކޭޓް އިން ހޯދައި، ސަރަހައްދީ މުބާރާތުން ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ފަސްޓް ރަނަރަޕްކަން އެސްޑީއެމްޒެޑް އެލިއަންސް ހޯދި އިރު، ސެކަންޑް ރަނަރަޕްކަން ހޯދާފައިވަނީ ޑީއެމްޓީ ސީއެމްޑީ އެވެ. މި ތިން ޓީމަށްވެސް ވަނީ ޕަބްޖީ މޮބައިލް ސައުތު އޭޝިއާ ރީޖަނަލް ޗެމްޕިއަންޝިޕް 2026 ގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ލިބިފައެވެ.
މާލޭ ސޯޝަލް ސެންޓަރުގައި މިދިޔަ ހުކުރު ދުވަހުން ފެށިގެން ދެ ދުވަހުގެ މުއްދަތަކަށް ބޭއްވި މި މުބާރާތުގެ ފައިނަލުގައި ރާއްޖޭގެ އެންމެ ގަދަ 16 ޕަބްޖީ މޮބައިލް ޓީމު ވަނީ ވާދަކޮށްފައެވެ. މި މުބާރާތުގެ ފައިނަލުގައި ޖުމުލަ ދިހަ މެޗު ކުޅެފައިވެއެވެ.
މި ކާމިޔާބީއާ ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވަނީ ވަނަތައް ހޯދި ޓީމުތަކަށް މަރުހަބާ ދަންނަވައި، ސަރަހައްދީ މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ލިބުމަކީ މުޅި ދިވެހި އީސްޕޯޓްސް އާއިލާއަށްވެސް ލިބުނު ފަހުރެއްގެ ގޮތުގައި ފާހަގަކުރައްވައިފައެވެ. އަދި ދިވެހި ކުޅުންތެރިންނަށް ބައިނަލްއަގުވާމީ މައިދާނުގައި ހުނަރު ސާބިތުކޮށްދިނުމުގެ ފުރުސަތު ހޯދައިދިނުމަކީ އުރީދޫގެ އަމާޒެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އުރީދޫ މޯލްޑިވްސް އިން ދަނީ ރާއްޖޭގައި އީސްޕޯޓްސް އަދި ގޭމިން ދާއިރާ ކުރިއަރުވައި، ވާދަވެރި މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތުތައް ފަހިކޮށްދެމުންނެވެ. މިގޮތުން 'ޑިޖިޓަލް މޯލްޑިވްސް' ތަސައްވުރުގެ ދަށުން ދިވެހި ޒުވާނުންގެ ހުނަރު ބައިނަލްއަގުވާމީ ފެންވަރަށް މަތިކުރުމަށް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
ކޮމެންޓް