އެމްއެންޑީއެފް ގިރިފުށީ ޓްރޭނިން ސެންޓަރުގައި ކުރިއަށްގެންދިޔަ "ލީޑާޝިޕް އެންހާންސްމަންޓް ޕްރޮގްރާމް" އެމްޑަބްލިއުއެސްސީގެ އިސްވެރިން ކާމިޔާބުކަމާއެކު ފުރިހަމަކޮށްއެވެ.
އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ގުޅިގެން މަސައްކަތްކުރުމުގެ ރޫހާއި އަހުލާގާއި ސްޓްރެޓީޖިކް ވިސްނުމުގެ އިތުރުން ސާބިތުކަން އިތުރުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
މި ޕްރޮގްރާމުން ހާސިލުކުރެވުނު އިލްމާއި ތަޖުރިބާގެ އަލީގައި ކުންފުނީގެ ނިންމުންތައް އިތުރަށް ހަރުދަނާވެ، މަސައްކަތުގެ މާހައުލުގައި ޓީމުތަކުގެ ގާބިލުކަން އިތުރުވެ، މުސްތަގުބަލަށް ތައްޔާރުވެފައިވާ ލީޑަރުންތަކެއް އުފެދިގެންދާނެ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ މީގެ ސަބަބުން ކުންފުނީގެ ހިންގުން ހަރުދަނާވެ، ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށެވެ.
ފަހުމީ އިތުރަށް ވިދާޅުވީ، ގައުމަށް ބޭނުންތެރި، ގާބިލު ލީޑަރުން ބިނާކުރުމުގައި ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުހައްމަދު މުއިއްޒު ދެއްވާ ހާއްސަ އިސްކަމާއި އެމްއެންޑީއެފުން ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވާ ކަމަށެވެ.
އަލީ ޔާމިން
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ
ކޮމެންޓް