ބޯޖެސްއަކީ ދިވެހީންނަށް އެއްގޮތަކަށްވެސް އާ ނަމެއް ނޫނެވެ. މިއީ ދިވެހިންނަށް ބީރައްޓެހި ރަހައެއްވެސް ނޫނެވެ. ގިނަ އަހަރުތަކެއް ވާންދެން ދިވެހިންގެ ކެއިންބުއިމާއި ރީތިވުމަށް ބޭނުންކުރާ ސާމާނުގެ ތެރޭގައި މި ބްރޭންޑު ވަނީ މުހިންމު މަގާމެއް ހޯދާފައެވެ. ފެންވަރު ރަނގަޅު އުފެއްދުންތަކެއްގެ ގޮތުގައި ބޯޖެސްގެ ބާވަތްތައް ދިވެހިންގެ މެދުގައި ވަނީ ބޮޑު މަގުބޫލުކަމެއް ހޯދައިފައެވެ.

އާންމު ދިރިއުޅުމަށް ބޭނުންވާ ގިނަ ބާވަތްތަކެއް ވިއްކަމުން އަންނަ ސޯސަން ފިހާރައިން މިހާރު ވަނީ ބޯޖެސްގެ ގިނަ އުފެއްދުންތަކެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެ އިންތިޒާމު ހަމަޖައްސައިފައެވެ. މީގެ ތެރޭގައި ކެއްކުމަށް ބޭނުންކުރާ ތެލާއި އިސްތަށިގަނޑަށާއި ހަށިގަނޑަށް ފައިދާހުރި ތެލުގެ ބާވަތްތައް ހިމެނެއެވެ. ސޯސަން ފިހާރައިން ލިބެން ހުރި އުފެއްދުންތަކުގެ ތެރޭގައި ތަފާތު ހަ ބާވަތެއްގެ ތެޔޮ ހިމެނެއެވެ. ކޮންމެ އުފެއްދުމަކީވެސް އޭގެ ޒާތުގައި ތަފާތު ބޭނުންތަކަށް ހާއްސަކުރެވިފައިވާ ފެންވަރު ރަނގަޅު ބާވަތްތަކެކެވެ.

ބޯޖެސް ބްރޭންޑްގެ އުފެއްދުންތައް ---

މިގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް އުފެއްދުމަކީ "ބޯޖެސް އެކްސްޓްރާ ވާޖިން އޮލިވް އޮއިލް" އެވެ. މިއީ ސިއްހަތަށް ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ، އަދި އޮލިވްގެ އަސްލު ރަހަ އެންމެ ފުރިހަމަ ގޮތުގައި އެކުލެވޭ ތެލެވެ. ސަޓަނި ފަދަ ތާޒާ ކާނާ ތައްޔާރުކުރުމަށް މިއީ އެންމެ އެކަށީގެންވާ އެއް ބާވަތެވެ. މީގެ އިތުރުން ކައްކައި ނިމުމަށްފަހު ކާތަކެތީގެ މައްޗަށް ބުރުއްސައިލުމަށްވެސް މި ތެޔޮ ވަރަށް ބޮޑަށް ބޭނުންކުރެއެވެ.

އާންމުކޮށް ކައްކަން ބޭނުންކުރާ ފަރާތްތަކަށް ހާއްސަކޮށް "ބޯޖެސް އެކްޓްރާ ލައިޓް އޮލިވް އޮއިލް" ވެސް ސޯސަން ފިހާރައިން ލިބެން ހުރެއެވެ. މިއީ ކާތަކެތީގެ އަސްލު ރަހަޔަށް ބަދަލު ނުގެނެސް، ތެލުލުމަށާއި ކެއްކުމަށް ބޭނުންކުރެވޭ ލުއި ތެލެކެވެ. ހަމައެއާއެކު "ބޯޖެސް ސަންފްލާވާ އެކްސްޓްރާ ވާޖިން އޮއިލް" އަކީ ސަންފްލާވާ ތެލާއި އެކްސްޓްރާ ވާޖިން އޮލިވް އޮއިލް އެއްކޮށްގެން އުފައްދާފައިވާ ހާއްސަ ބާވަތެކެވެ. މި ތެލަކީ ދިވެހިން އާންމުކޮށް ކައްކާ ގިނަ ކާނާތަކަށް ވަރަށް އެކަށީގެންވާ ސިއްހަތަށް ފައިދާހުރި ތެލެކެވެ.

ކެއިންބުއިމުގެ ބޭނުންތަކުގެ އިތުރުން، ހަށިގަނޑުގެ ރީތިކަމާއި ތާޒާކަން ދެމެހެއްޓުމަށް ބޭނުންކުރާ ބޯޖެސްގެ އުފެއްދުންތައްވެސް ސޯސަން ފިހާރައިން ލިބެން ހުރެއެވެ. އެގޮތުން ތުއްތު ކުދީންގެ ނާޒުކު ހަންގަނޑަށް ހާއްސަކޮށް އުފައްދާފައިވާ "ބޯޖެސް އޮލިވް ބޭބީ އޮއިލް" އަކީ ގިނަ މައިންބަފައިންގެ އިތުބާރު ހޯދާފައިވާ އުފެއްދުމެކެވެ. މީގެ އިތުރުން ބޮޑެތި މީހުންނަށް ހާއްސަކޮށްފައިވާ "ބޯޖެސް އޮލިވް މަސާޖް އޮއިލް" އަކީ ހަންގަނޑު އޮމާންކޮށްދީ، ހަށިގަނޑަށް އަރާމުކަން ގެނެސްދިނުމަށް ބޭނުންކުރެވޭ ފެންވަރު ރަނގަޅު އުފެއްދުމެކެވެ.

އިސްތަށިގަނޑުގެ ދުޅަހެޔޮކަމަށް ސަމާލުކަންދޭ ފަރާތްތަކަށް "ބޯޖެސް އޮލިވް ހެއާ އޮއިލް" އަކީ ވަރަށް ފުރިހަމަ ހައްލެކެވެ. މި ތެލަކީ އިސްތަށިގަނޑު ވަރުގަދަކޮށްދީ، އިސްތަށިގަނޑުގެ ބުޑަށް ނިއުޓްރިއެންޓްސް ފޯރުކޮށްދޭ އުފެއްދުމެކެވެ. މިއީ އިސްތަށި ފޭބުން ހުއްޓުވުމާއި ހަންފޮޅުމުން ސަލާމަތްވުމަށް ދިވެހިންގެ ތެރޭގައިވެސް ވަރަށް އާންމުކޮށް ބޭނުންކުރަމުން އަންނަ ބާވަތެކެވެ.

މި ހުރިހާ ބާވަތްތަކެއް ސޯސަންގެ ފުރާޅުގެ ދަށުން ލިބެން ހުރުމަކީ ބޯޖެސްގެ އުފެއްދުންތަކަށް ލޯބިކުރާ ފަރާތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެކެވެ. ދުނިޔޭގެ ފެންވަރުގައި ބަލައިގަނެފައިވާ މި ބްރޭންޑުގެ އުފެއްދުންތަކަށް ދިވެހިންގެ މެދުގައި އޮތް ޑިމާންޑު އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.