ޕްރިޔަންކާ ޗޯޕްރާ، އިންޑިއާގެ ކުރީގެ މަޝްހޫރު އެކްޓަރު ސްރީދޭވީގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ބަޔޮގްރަފީ “އެމްޕްރެސް: ދަ ޑެފިނިޓިވް ބަޔޮގްރަފީ އޮފް ސްރީދޭވީ” ގެ ކަވަރު ދައްކާލައިފިއެވެ. މި ކަވަރު ދައްކާލާފައިވަނީ ސްރީދޭވީގެ އުފަންދުވަހާ ގުޅުވައިގެން ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައެވެ.
ޕްރިޔަންކާގެ ޕޯސްޓުގައި ބުނެފައިވަނީ ސްރީދޭވީ މަތިން ވަރަށް ބޮޑަށް ހަނދާންވާ ކަމަށެވެ. “އެފަދަ ދެވަނައެއް ނުވާ ފަންނާނެއް. ވަރަށް ބޮޑަށް ހަނދާންވޭ. އުފަންދުވަހުގެ ތަހުނިޔާ،” ޕްރިޔަންކާ ލިޔެފައިވެއެވެ. އަދި މި ފޮތް ވަރަށް އަވަހަށް ނެރޭނެ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
ވެސްޓްލޭންޑް ބުކްސްއިން ޕަބްލިޝްކުރާ މި ފޮތް ލިޔެފައިވަނީ ދީރަޖް ކުމާރުއެވެ. އެ ކުންފުނިން ނެރުނު ޕްރެސް ރިލީޒެއްގައި ބުނެފައިވާ ގޮތުގައި، މި ފޮތުގައި ސްރީދޭވީގެ ފިލްމީ ކެރިއަރުގެ 50 އަހަރާއި، ފަސް ބަހަކުން ކުޅެފައިވާ 300 އަށް ވުރެ ގިނަ ފިލްމުގެ ވާހަކަތައް ހިމަނާފައިވެއެވެ. މީގެ އިތުރުން އަމީތާބް ބައްޗަން އަދި ޖާވިދު އަހްތަރު ފަދަ ފަންނާނުންގެ ހާއްސަ ލިޔުންތަކާއި 150 އަށް ވުރެ ގިނަ ފޮޓޯ މި ފޮތުގައި ހިމެނޭނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ވެސްޓްލޭންޑް ބުކްސްއިން ބުނެފައިވާ ގޮތުގައި، “އެމްޕްރެސް” ނެރުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ފަހުކޮޅުގައެވެ.
ޕްރިޔަންކާ ޗޯޕްރާ
ޕްރިޔަންކާ ޗޯޕްރާ
ޕްރިޔަންކާ ޗޯޕްރާ
ޕްރިޔަންކާ ޗޯޕްރާ
ކޮމެންޓް