މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ރައީސް މުއިއްޒުގެ ވައުދަކަށްވާ އިރު، އެކަން ތަންފީޒު ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސެއިން ސަމީލު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، މަރުގެ ކުމުން ތަންފީޒުކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ.
ނަމަވެސް ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް މަރުގެ ހުކުމް ތަންފީޒު ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ މަރުހަލާތައް އެބަހުރި ކަމަށާއި އެ މަސައްކަތްތައް މިހާރު ކުރައްވަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މަރުގެ ހުކުމް ތަންފީޒުކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް އެއީ، އަޅުގަނޑުމެން އެކަން ކުރާނެ، އެހެންވެ އެއަށް ބޭނުންވާ ގާނޫނެއް ފަރުމާކޮށްފައި މި އިއްޒަތްތެރި މަޖިލީހަށް ފޮނުވުމުގެ މަސައްކަތް މިވަގުތު އަޅުގަނޑުމެން ކުރަމުންދަނީ،"
މިނިސްޓަރު ވިދާޅުވީ އޭގެ އަނެއް ފަރާތަކީ ތަންފީޒީ މަރުހަލާގައި ތައްޔާރުވާންޖެހޭ ކަންކަމަށް ތައްޔާރުވުން ކަމަށެވެ. އެކަންކަމަށް ތައްޔާރުވަމުންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފައެވެ.
އިބްރާހިމް ޒަކީ
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ހޯމް މިނިސްޓަރު އަލީ އިހްސާން
ކޮމެންޓް