މިވަގުތު ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ ޑޮލަރާއި ރުފިޔާއިން މުއާމަލާތްތައް ކުރުމުގެ ބަދަލުގައި ރާއްޖެއަކީ ހަމައެކަނި ރުފިޔާއިން މުއާމަލާތް ކުރާ ގައުމަށް ހެދުން ކަމަށް އިނަ މޯލްޑިވްސްގެ ފައުންޑަރު މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ރޭ ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަ ދައްކަވަމުން ފިރާގު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތަކީ ޑޮލަރުން މުއާމަލާތް ކުރާ ސިނާއަތެއް ކަމަށާއި އެހެންވެ ރުފިޔާ އާއި ޑޮލަރުގައި ބޮޑު އިންބެލެންސެއް ފާހަގަވާ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސޯދު ހިންގަނީ 260،000 ބިދޭސީންނާ އެކު ޓޫރިޒަމް ސިނާއަތުން ކަމަށާއި އެކަމުގެ ސަބަބުން ވަރަށް ގިނަ ޑޮލަރު ރާއްޖޭން ބޭރުވަމުންދާ ކަމަށެވެ.
ފިރާގު ވިދާޅުވީ ރާއްޖޭގެ މަނިޓަރީ ސިޔާސަތު ބަދަލު ކުރަން ޖެހޭ ކަމަށެވެ. ރާއްޖެއަށް ޑޮލަރު ލިބުން ދަތި ނޫން ނަމަވެސް ރާއްޖޭގެ އިގުތިސޯދު ހަރުދަނާ ކުރުމަށް "ސިންގަލް ކަރަންސީ" އިގްތިސޯދަކަށަށް ބަދަލު ކުރުން ކަމަށް ވެސް ބިދާޅުވިއެވެ.
"އަޅުގަނޑު ނުބުނަން އިންވެސްޓްކޮށްގެން ތިބި މީހުންނަށް ތްރެޓަަކަށްވާ ގޮތަށް ބަދަލުތަކެއް ގެންނާކަށް. ނަމަވެސް އެބަޖެހޭ މެޗުއާވެ މައިގްރޭޓްވާން ސިންގަލް ކަރަންސީ އިކޮނޮމީއަކަށް. ބަޔަކު ބޭނުން ނުވިޔަސް އެބަޖެހޭ ބަދަލުތަކެއް އަންނަން. މިސާލަކަށް ދަތުރުފަތުރު ކުރުމުގައިވެސް ބީއެމްއެލްއިން އެހީތެރިވެދޭ. ރާއްޖޭގައި އެބައުޅޭ ނުގަބައިދުން ވިޔަފާރިކުރާ ބައެއް. މިހުރިހާކަމެއް ބެލި އެބަޖެހޭ ސިސްޓަމެއްގެ ތެރެއިން ދައުރުވާ ބޭރު ފައިސާއަށްވާން،" ފިރާގު ވިދާޅުވިއެވެ.
ފިރާގު އިތުރަށް ވިދާޅުވީ ކަޅުބާޒާރުގައި ޑޮލަރު ވިއްކާ އަގު އިއުލާނު ކުރުމަކީ ބައެއް ގައުމުތަކުގައި ގާނޫނީ ގޮތުން އަދަބު ލިބޭ ކަންކަން ކަމަށެވެ. ރާއްޖޭގައި އިގްތިސޯދު ފުޅާ ނަމަވެސް އެކަންކަމަށް ގާނޫނުތަކެއް ނޯންނަ ކަމަށެވެ.
"އިންވެސްޓްމަންޓްވެސް އާދެ. އެ ފައިސާ ގެނެވޭ ވަރެއް އެނގެނީއެއް ނޫން. އެހެންވެ އެބަޖެހޭ ދިރާސާކޮށްގެން މަނިޓަރީ ޕޮލިސީ އޯވަހޯލްކޮށް ބަދަލު ގެންނަން،" ފިރާގު ވިދާޅުވިއެވެ.
ޔޫއެސް ޑޮލަރު
ޔޫއެސް ޑޮލަރު
ޔޫއެސް ޑޮލަރު
ޔޫއެސް ޑޮލަރު
ކޮމެންޓް