ހަ މީހުންނާ އެކު ދަތުރުކުރި ޑައިވިން ދޯންޏެއް ފަރަށް އަރައިފި ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްއިން ރޭ ބުނީ ހަ މީހުންނާ އެކު ދަތުރުކުރި "އުރަފާ" ނަމަކަށް ކިޔާ ޑައިވިން ދޯންޏެއް ކަމަށެވެ.
އެ ދޯނި ހދ. ނޮޅިވަރަންފަރު ހުޅަނގުފަރާތު ފަރަށް އަރައިގެން، ދޯނީގައި ތިބި މީހުން ސަލާމަތްކުރުމަށް، އެމްްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަން އަދި ފުލުހުން ހަރަކާތްތެރިވި ކަމަށެވެ.
ޑައިވިން ދޯނީގައި ތިބި ހަ މީހުން ސަލާމަތްކޮށް، ނޮޅިވަރަންފަރު ޑިންގީއެއްގައި މިހާރު ވަނީ ނޮޅިވަރަންފަރަށް ގެންގޮސްފައި ކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ.
ފާތިމަތު ލިއުޝާ
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް
ކޮމެންޓް