މީގެކުރިން އޮތް އެމްޑީޕީ ސަރުކާރުން މުޅި ރާއްޖޭގައި ފެށި، މަޝްރޫއުތަކުގެ ތެެރެއިން ސިއްހީ ދާއިރާގެ 16 މަޝްރޫއެއް ކުރިއަށްނުގެންދެވިގެން ހުއްޓާލަން ޖެހުނު ކަމަށް ހެލްތު، ފެމިލީ އެންޑް ވެލްފެއާ މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ވަރަށް ގިނަ މަޝްރޫއުތަކެއް ފަށައި އޭގެ ތެރެއިން ގިނަ މަޝްރޫއުތަކަަކަށް ކުރީ ސަރުކާރުން ހުރީ ފައިސާވެސް ދޫކޮށްފައި ކަމަށެވެ.
ނަމަވެސް ދިގު މުއްދަތެއް ފާއިތުވި އިރުވެސް އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ނުނިމުމުން 16 މަޝްރޫއެއް މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އޭގެ ތެރެއިން އެއް މަޝްރޫއަކީ ހއ. އިހަވަންދޫ ހޮސްޕިޓަލް މަޝްރޫއު ކަމަށެވެ.
އެ މަޝްރޫއަށް ފައިސާ ވެސް ދޫކުރި ކަމަށާއި، އެކަމަކު މަސައްކަތް ކުރިއަށް ނުގެންދެވި މިދިޔަ މާޗު މަހުގެ ތެރޭގައި އެ މަޝްރޫއު ޓާމިނޭޓް ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ސިއްހީ އެފަދަ މަޝްރޫއުތައް ހިންގުމަށް މިދިޔަ ސަރުކާރުން 60 މިލިއަން ރުފިޔާ، އެޑްވާންސް ފައިސާގެ ގޮތުގައި ދީފައިވާ ކަމަށެވެ.
އިބްރާހިމް ޒަކީ
ހެލްތު މިނިސްޓަރު ގީލާ އަލީ
ހެލްތު މިނިސްޓަރު ގީލާ އަލީ
ހެލްތު މިނިސްޓަރު ގީލާ އަލީ
ކޮމެންޓް