ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ، ރާއްޖޭން ބޭރަށް ގޮސް ރައްޔިތުން ފަރުވާ ހޯދާ މުހިއްމު ބަލިތަކަށް ރާއްޖޭގެ ހޮސްޕިޓަލްތަކުން ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށް މިނިސްޓާ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ގީލާ އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރާއްޖޭން ބޭރަށް ބޭސް ފަރުވާ ހޯދުމަށް ފޮނުވާ ފަރާތްތައް މަދު ކުރުމަށްޓަކައި، ރާއްޖޭގައި ތިބެގެން ފާރުވާ ހޯދުމަށްޓަކައި ޕްރައިވެޓް ސެކްޓާ ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ފަލާހު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، އާސަންދައިގެ ދަށުން ރާއްޖޭން ބޭރުން ބޭސްފަރުވާ ފޯރުކޮށްދިނުމަށް ދައުލަތުން ބޮޑު ހަރަދެއް ކުރަމުންދާ އިރު، އަމިއްލަ ފަސްގަނޑުގައި ހުރެގެން ތަކުލީފު ކުޑަ ގޮތަކަށް ރައްޔިތު މީހާއަށް ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
އެގޮތުން ރާއްޖޭގެ ޕްރައިވެޓް ސެކްޓާ ހަރުދަނާ ކުރުމަށް ސަރުކާރުން ކުރާ ހޭދަ އިތުރުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"މީގެ މައިގަނޑު ބޭނުމަކީ ރައްޔިތުން ބޭސް ފަރުވާއަށް ރާއްޖޭން ބޭރަށް ކުރަންޖެހޭ ދަތުރުތައް މަދުކޮށް ތިމާ އަމިއްލަ ފަސްގަނޑުގައި އާއިލާ ގާތުގައި ތިބެގެން ބޭސް ފަރުވާ ކުރެވޭނެ މަގު ފަހިކޮށްދިނުން،"
އެގޮތުން މިނިސްޓަރު ވިދާޅުވީ، ފާއިތުވި ތިން އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު 2023 ވަނަ އަހަރު ރާއްޖޭން ބޭރަށް ކުރި ހޭދަ އަދި ރާއްޖޭގައި ޕްރައިވެޓް ސެކްޓަރަށް ވެސް ކުރި ހޭދަ 2024 ވަނަ އަހަރަށްވުރެ ކުޑަ ނަމަވެސް 2024 އަހަރު 403 މިލިޔަނަށް އަރާފައިވާ ކަމަށެވެ.
"ޕްރައިވެޓް ސެކްޓަރަށް އިންވެސްޓް ކުރުމުގެ ނަތީޖާ ފެންނަނީ ރާއްޖޭގައި އަމިއްލަ ހޮސްޕިޓަލްތަކުން ފޯރުކޮށްދޭ ހިދުމަތްތަކަށް ރައްޔިތުން ކުރާ އިތުބާރު ބޮޑުވެ ބޭރަށް ދިއުމުގެ ބަދަލުގައި ރާއްޖޭގައި ތިބެގެން ފަރުވާހޯދުން،"
އިބްރާހިމް ޒަކީ
ހެލްތު މިނިސްޓަރު ގީލާ އަލީ
ހެލްތު މިނިސްޓަރު ގީލާ އަލީ
ހެލްތު މިނިސްޓަރު ގީލާ އަލީ
ހެލްތު މިނިސްޓަރު ގީލާ އަލީ
ކޮމެންޓް