ކުންފުނިތަކާއި މުއައްސަސާތަކުގެ މުވައްޒަފުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަށަގެންނެވުމާއި މަސައްކަތްކުރުމުގެ ރޫހު އާލާކުރުމުގެ މަގުސަދުގައި ވީރަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވި ރާއްޖޭގެ ފުރަތަމަ ކޯޕަރޭޓް ރަން "ބީއެމްއެލް ވީރަން - ކޯޕަރޭޓްސް" މިއަދު ކްރޮސްރޯޑްސް މޯލްޑިވްސްގައި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ވީރަން މޯލްޑިވްސް އިން އިންތިޒާމުކުރި މި ހަރަކާތަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއެކު ހަދާފައިވާ ޕާޓްނާޝިޕްގެ ދަށުން އެ ބޭންކުން އެހީތެރިކަން ފޯރުކޮށްދީގެން ބޭއްވި ހަރަކާތެކެވެ. މި ކޯޕަރޭޓް ރިލޭ ރޭހަކީ ރާއްޖޭގައި ހަރަކާތްތެރިވާ ކުންފުނިތަކާއި އިދާރާތަކާއި ޖަމިއްޔާތަކަށް ހާއްސަކޮށްގެން، ކޮންމެ ބައިވެރިޔަކު އެއް ކިލޯމީޓަރު ދުވާ ގޮތަށް، ފަސް ދުވުންތެރިންގެ މައްޗަށް އެކުލެވޭ ރިލޭ ފޯމެޓަކަށް ކުރިއަށްގެންދިޔަ ރޭހެކެވެ.

8 އޯގަސްޓް 2026، ރާއްޖޭގެ ފުރަތަމަ ކޯޕަރޭޓް ރަން "ބީއެމްއެލް ވީރަން - ކޯޕަރޭޓްސް"ގެ ތެރެއިން -- ފޮޓޯ/ ބީއެމްއެލް

މިއީ ރާއްޖޭގެ ތާރީހުގައި ބޭއްވުނު އެންމެ ފުރަތަމަ ކޯޕަރޭޓް ރިލޭ ރޭހެވެ. މީގެ އިތުރުން، މިއީ ރޭސް ނިންމުމަށް ހޭދަވާ ވަގުތު ބެލުމަށް ޗިޕެއް ރިލޭގެ ބެޓަންގެ އެތެރޭގައި ހިމަނައިގެން ރާއްޖޭގައި ކުރިއަށްގެންދިޔަ ފުރަތަމަ ހަރަކާތްވެސް މެއެވެ.

މި ދުވުމުގައި 18 ޓީމަކުން ބައިވެރިވިއެވެ. އޭގެ ތެރޭގައި 11 ފިރިހެން ޓީމާއި ހަތް އަންހެން ޓީމު ހިމެނެއެވެ.

ވަނަވަނައަށް ދިޔަ ފަރާތްތައް

ފިރިހެނުންގެ ބައި:

  • ޗެމްޕިއަން: ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން
  • އެއްވަނަ ރަނަރަޕް: ރަންއިންމޯޑް އެތުލެޓިކްސް
  • ދެވަނަ ރަނަރަޕް: ބޭންކް އޮފް މޯލްޑިވްސް

އަންހެނުންގެ ބައި:

  • ޗެމްޕިއަން: ރަންއިންމޯޑް އެތުލެޓިކްސް
  • އެވަނަ ރަނަރަޕް: ކްރޮސްރޯޑްސް އައިލެންޑް ސްޕްރިންޓާސް
  • ދެވަނަ ރަނަރަޕް: އޭޑީކޭ ސިނާޖީ

ބީއެލްއެމްލުން އަންނަނީ ރާއްޖޭގެ ތަރައްގީއަށް މުހިންމު މަޝްރޫއުތަކާއި އިޖުތިމާއީ ކުރިއެރުމަށް މަގުފަހިކޮށްދޭ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ހާއްސަކޮށް މުޅި ރާއްޖޭގައި ކުޅިވަރުގެ ރޫހު ދިރުވައި އާލާކޮށް، ހަށިހެޔޮ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ބޭންކުން އަންނަނީ މެދުކެނޑުމެއް ނެތި ގިނަ ޕްރޮގްރާމްތަކަކަށްވެސް އެހީތެރިވަމުންނެވެ.