ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ސިއްހީ ގޮތުން ދިމާވެދާނެ ކުއްލި ނުރައްކަލުގެ ހާލަތްތަކަށް އިޖާބަދޭނެ ގޮތް ދަސްކޮށްދިނުމަށް ބޭއްވި "ޕާޝަލް އިމަޖެންސީ އެކްސަސައިޒް" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ރޭ ބުނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާ ގުޅިގެން ހިންގި އެ ތަމްރީނުގެ މައިގަނޑު އަމާޒަކީ އެއާޕޯޓުގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ. އަދި އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ކަމާބެހޭ އެކި މުއައްސަސާތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުން އިތުރަށް ވަރުގަދަކޮށް، މަސައްކަތްތައް އަވަސްކުރުމަކީވެސް ތަމްރީނުގެ މަގުސަދެއް ކަމަށް އެމްއޭސީއެލުން ބުންޏެވެ.
އެމްއޭސީއެލުން ބުނީ ބިއޯންޑް އެއާލައިނުން ބައިވެރިވި އެ ސިމިއުލޭޝަން އެކްސަސައިޒް ކުރިއަށް ގެންދިޔައީ އެއާޕޯޓުގެ އާންމު އޮޕަރޭޝަންތަކަށް އެއްވެސް ބުރޫއެއް ނާރާނެ ގޮތަކަށް ކަމަށެވެ.
ޝެޑިއުލް ފުލައިޓްތަކަށް ހުރަހެއް ނޭޅި އެފަދަ ތަމްރީނެއް ކާމިޔާބުކަމާއެކު ނިންމާލެވުމަކީ އެއާޕޯޓުގެ ތައްޔާރީ ހާލަތު އަންގައިދޭ މުހިންމުކަމެއްކަމަށް އެމްއޭސީއެލުން ބުންޏެވެ.
ވީއައިއޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އެމްއޭސީއެލުން އަންނަނީ މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ. އެގޮތުން، ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ބާއްވާ އެންމެ ބޮޑު ތަމްރީނު ހަރަކާތް ކަމަށްވާ "އެއާޕޯޓް ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒް" (އެފެކްސް) ވެސް ކޮންމެ އަހަރަކުހެން ބާއްވަމުންދެއެވެ.
އެފަދަ ބޮޑު ހަރަކާތެއް އެންމެ ފަހުން ބާއްވާފައިވަނީ 2023 ވަނަ އަހަރުގައެވެ.
މުހައްމަދު އިޝާން
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ކޮމެންޓް