އިގުތިސޯދީ ތަފާތު މަސައްކަތްތައް ކުރުމަށްޓަކައި، ބީލަމުގެ އުސޫލުން ބޭރުން ކުރު މުއްދަތަކަށް ބިން ދޫކުރެވޭނެ އުސޫލުތައް ބަޔާންކުރާ ގަވާއިދެއް ހައުސިން މިނިސްޓްރީން މިއަދު ގެޒެޓުކޮށްފިއެވެ.
"ދިރިއުޅުން ނޫން އެހެން ބޭނުންތަކަށް ބިން ދޫކުރުމާއި ރަޖިސްޓްރީކުރުމުގެ ގަވާއިދު" ގެ ދަށުން، ވަކި ބާވަތެއްގެ މަސައްކަތްތަކަށް ތިން އަހަރަށް ވުރެ ކުރު މުއްދަތަކަށް ބިން ދޫކުރާއިރު ބީލަމަށްލުން މަޖުބޫރެއް ނޫނެވެ.
މީގެ ތެރޭގައި މަސްވެރިކަމާ ގުޅުންހުރި މަސައްކަތްތައް ކަމަށްވާ މަސްހިއްކުމާއި، ލޮނުއެޅުމާއި، ހުއިފިލަނޑާގެ މަސައްކަތްތަކުގެ އިތުރުން ދަނޑުވެރިކަމާއި ޖަނަވާރު ގެންގުޅުން ހިމެނެއެވެ.
މީގެ އިތުރުން، އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ގާޑިޔާ ވިޔަފާރި ކުރުމަށާއި، ބިންތައް ސާފުކޮށް ބެލެހެއްޓުމަށް ބިން ދޫކުރާއިރު ވެސް ބީލަމުގެ އުސޫލަށް އަމަލުކުރާކަށް ނުޖެހޭނެއެވެ.
އާ ގަވާއިދުގައިވާ ގޮތުން، ބީލަމަށް ނުލައި ބިން ދޫކުރި ނަމަވެސް، ކައުންސިލްތަކުން އެކަމަށް ކުރާ އިއުލާނުގައި ބިމާ ގުޅޭ ހުރިހާ ތަފްސީލެއް ހިމަނަން ޖެހެއެވެ. އޭގެ ތެރޭގައި ބިން އޮތް ތަނާއި، ބިމުގެ ބާވަތާއި، ބިން ދޫކުރާ މުއްދަތާއި، ނަގާނެ އެންމެ ކުޑަ ކުލީގެ އިތުރުން ޕޮއިންޓް ދޭނެ އުސޫލު ހިމަނަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މި ގަވާއިދުގައިވާ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ބައެއް ހާލަތްތަކުގައި އާންމުކޮށް އިއުލާނު ކުރުމަކާ ނުލައި ވެސް ބިން ދޫކުރުމުގެ ފުރުސަތު އޮތުމެވެ. އެގޮތުން ދައުލަތުގެ އިދާރާތަކަށާއި، އިޖުތިމާއީ ބޭނުންތަކަށާއި، އާންމު ހިދުމަތްތަކަށް ބިން ދޫކުރާއިރު އިއުލާނު ކުރާކަށް ނުޖެހޭނެއެވެ.
އަދި އޮޑިދޯނިފަހަރު ބަނުމަށާއި މަރާމާތު ކުރުމަށް އޮޑިވަޅު ހަދަން ބިން ދޫކުރުމާއި، ބޭރުގެ އެމްބަސީތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް ބިން ދޫކުރުން ވެސް މި އުސޫލުގެ ތެރޭގައި ހިމެނެއެވެ.
އާ ގަވާއިދުގައިވާ ގޮތުން، ބީލަމަށް ނުލައި ބިން ދޫކުރި ނަމަވެސް، ކައުންސިލްތަކުން އެކަމަށް ކުރާ އިއުލާނުގައި ބިމާ ގުޅޭ ހުރިހާ ތަފްސީލެއް ހިމަނަން ޖެހެއެވެ. އޭގެ ތެރޭގައި ބިން އޮތް ތަނާއި، ބިމުގެ ބާވަތާއި، ބިން ދޫކުރާ މުއްދަތާއި، ނަގާނެ އެންމެ ކުޑަ ކުލީގެ އިތުރުން ޕޮއިންޓް ދޭނެ އުސޫލު ހިމަނަން ޖެހޭނެ ކަމަށެވެ.
މުހައްމަދު އިޝާން
މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް
މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް
މިނިސްޓްރީ އޮފް ހައުސިން ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް
ކޮމެންޓް