ރާއްޖޭގެ އިގުތިސޯދީ ދުވެލި ހަލުވި ކުރުމަށް ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މެދުވެރިކޮށް ކުރަމުން އަންނަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ސީ-ޓު-އެއާ ކާގޯ މެދުވެރިކޮށް 633 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، (އެމްޕީއެލް)އިން ބުނެފިއެވެ.
އެމްޕީއެލުން އިއްޔެ ހިއްސާކުރި ތަފާސްހިސާބުތަކުން އެނގޭގޮތުގައި މިދިޔަ މަހު ސީ-ޓު-އެއާ ކާގޯ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ މުދާ އޭގެ ކުރީ މަހާ އަޅައި ބަލާއިރު ވަނީ އިތުރުވެފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ޖުލައި މަހު ސީ-ޓު-އެއާ ކާގޯ ހިދުމަތް މެދުވެރިކޮށް 633 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް ފޮނުވާފައިވެއެވެ. އެއީ މި އަހަރުގެ ޖޫން މަހު އެ ހިދުމަތް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފޮނުވި 335 ޓަނުގެ މުދަލާ އަޅައި ބަލާއިރު 88 ޕަސެންޓް އިތުރު އަދަދެކެވެ.
ނިިމިދިޔަ ޖުލައި މަހު ރާއްޖެއިން ހަ އެއާލައިނެއް މެދުވެރިކޮށް 10 ގައުމަކަށް މުދާ ފޮނުވާފައިވެއެވެ. އެއީ، ކޮންޓެއިނަރުގެ އަދަދަށް ބަލާނަމަ 131 ޓީއީޔޫސްކަމަށް އެމްޕީއެލުން ބުނެއެވެ.
ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މި މަހުގެ ތިން ވަނަ ދުވަހު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހަކީ ވީއައިއޭ ގެ ތާރީހުގައި ރާއްޖެއިން ބޭރަށް އެންމެ ގިނަ އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ ފޮނުވި މަހެވެ.
އެ މުއްދަތުގެ ތެރޭގައި ޓްރާންޝިޕްމަންޓް ކާގޯގެ ޖުމްލަ އަދަދު 2,000 ޓަނަށްވުރެ މައްޗަށް ގޮސްފައިވާ އިރު، މިއީ މީގެ ކުރިން ވީއައިއޭ އިން ހާސިލުކޮށްފައިވާ ހުރިހާ ރެކޯޑުތަކެއް މުގުރާލި ބޮޑު ކުރިއެރުމެކެވެ.
ފާތިމަތު ލިއުޝާ
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް
އެމްޕީއެލް
ކޮމެންޓް