ހުޅުމާލޭގައި 70 މެގަވޮޓުގެ އާ އިންޖީނުގެއެއް ބިނާކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޑރ. އަޒުވަރު ފާހަގަކުރެއްވި ގޮތުގައި، މާލޭ ސަރަހައްދުގައި އިތުރުވަމުންދާ އާބާދީއާ އެއްވަރަށް ހިދުމަތް ފުޅާކުރުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެއެވެ.
އަޒްވަރު ވިދާޅުވި ގޮތުގައި މީގެ ކުރިން ކަރަންޓުގެ ޑިމާންޑަށް ބަލައި ބޭނުން ކުރަމުން އައީ ހައި ސްޕީޑް ޖެންސެޓުތަކެއް ނަމަވެސް، ކުރިއަށް އޮތް އަހަރުތަކުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީޑިއަމް ސްޕީޑް ޕަވާ ހައުސްއެއް އެޅުމަށް މިހާރު ވަނީ ނިންމައިފައެވެ.
އަޒްހަރު ވިދާޅުވީ ހުޅުމާލޭގައި ގާއިމްކުރާ 70 މެގަވޮޓްގެ އިންޖީނުގޭގެ މަސައްކަތް ސެޕްޓެމްބަރު މަހު ފެށުމަށް ތާވަލްކޮށްފައިވާ ކަމަށެވެ. މި މަޝްރޫއު ނިމުމުން ހުޅުމާލޭގެ ކަރަންޓު އުފެއްދުމުގެ ގާބިލުކަން 120 މެގަވޮޓަށް މަތިވާނެއެވެ. މީގެ އިތުރުން ހުޅުމާލެ ފޭސް 2 ގައި 20 މެގަވޮޓުގެ ވަގުތީ އިންޖީނުގެއެއް އެޅުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.
ކުރިން 100 މެގަވޮޓުގެ މަޝްރޫޢެއްގެ ގޮތުގައި ހުޅުމާލޭގައި ހިންގަން ނިންމާފައިވާ ސިކްސްތު ޕަވާ ޕްރޮޖެކްޓަށް މިހާރު ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ކަރަންޓަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން މި މަޝްރޫއު 200 މެގަވޮޓަށް ބޮޑުކޮށް، ގުޅިފަޅުގައި ކުރިއަށްގެންދިއުމަށް ސަރުކާރުން މިހާރު ވަނީ ނިންމައިފައެވެ.
އާއިޝަތު މާހާ
ސްޓެލްކޯ
ސްޓެލްކޯ
ސްޓެލްކޯ
ސްޓެލްކޯ
ކޮމެންޓް