އީރާނާއެކު ކުރިއަށްދާ މަޝްވަރާތައް ވަރަށް ރަނގަޅަށް ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އެއްބަސްވުމަކަށް އާދެވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ވިދާޅުވެއްޖެއެވެ.
ކެލިފޯނިއާގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވި ގޮތުގައި، ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ މަޝްވަރާތަކުގެ ނަތީޖާ ވަރަށް އަވަހަށް ފެންނާނެއެވެ.
“މަޝްވަރާތައް ވަރަށް ރަނގަޅަށް ކުރިއަށް އެބަދޭ. ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އެކަން އަޅުގަނޑުމެންނަށް އެނގޭނެ،” ޓްރަމްޕް ވިދާޅުވިއެވެ.
މި އެއްބަސްވުމާ ގުޅޭ އިތުރު ތަފުސީލެއް ޓްރަމްޕް ހާމަކުރައްވާފައެއް ނުވެއެވެ.
ޓްރަމްޕް މިހެން ވިދާޅުވި ނަމަވެސް، މަޝްވަރާތަކުގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުތަކަކީ އެހެން ރަސްމީ އިދާރާއަކުން އަދި ކަށަވަރުކޮށްދީފައިވާ މައުލޫމާތެއް ނޫނެވެ. އީރާނުގެ ފަރާތުންވެސް މިކަމާ ގުޅޭގޮތުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
އެކްސިއޯސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަޝްވަރާތަކަކީ ހޮރުމުޒް ކަނޑުއޮޅި ހުޅުވާލުމާއި ދެ ގައުމުގެ ދެމެދުގައި ހަމަލާތައް މެދުކަނޑާލުމާ ގުޅޭގޮތުން ކުރިއަށްދާ މަޝްވަރާތަކެކެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ރަސްމީ އެއްބަސްވުމަކަށް އާދެވިފައިވާކަން އެއްވެސް ފަރާތަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ކޮމެންޓް