ރާއްޖޭގެ ސަގާފަތާއި ތަރިކަ ދިރުވައި އާލާކޮށް، ބޮޑުތަކުރުފާނު މަގު ފެހި ކުރުމަށް އިތުރަށް ރުއް އިންދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓް ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
އެމްޓީސީސީން ބުނީ ބޮޑުތަކުރުފާނު މަގުގެ ތަރައްގީގެ މަޝްރޫއުގެ ދަށުން ނޯތު ހާބަރުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އިއްޔެއިން ފެށިގެން އިތުރު ރުއް ގަސް އިންދަން ފަށާފައިވާ ކަމަށެވެ.
އެ މަސައްކަތުން ރަމްޒުކޮށްދެނީ ދެމެހެއްޓެނިވި އަދި ރީތި ސިޓީއެއް ބިނާކުރުމަށް ކުރާ މަސައްކަތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްގީ ކުރި ސަރަހައްދު ފެހިކޮށް ޒީނަތްތެރި ކުރުމުގެ ގޮތުން 3،100 އަށްވުރެ ގިނަ ގަސް އެ ސަރަހައްދުގައި ވަނީ އިންދައިފައެވެ. އެ ހަރަކާތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ފައްޓަވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
އެ ސަރަހައްދުގައި އިންދާފައި ވަނީ ދިވެހި ރުއްތަކާއި ހޭޅިފަށުގައި ހެދޭ ގަސްތަކުގެ އިތުރުން ރީތި މާގަސްތަކެވެ. އެއީ ބޮޑުތަކުރުފާނު މަގުގެ އެ ސަރަހައްދު ފެހިކޮށް، ތިމާވެއްޓާ ރައްޓެހި ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރާ މަސައްކަތު ބައެކެވެ.
ފާތިމަތު ލިއުޝާ
ބޮޑުތަކުރުފާނު މަގު
ބޮޑުތަކުރުފާނު މަގު
ބޮޑުތަކުރުފާނު މަގު
ކޮމެންޓް