ކުވައިތުގެ އުތުރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒެއް ކަމަށްވާ ކޭމްޕް ދޯހާ ސަރަހައްދުގައި ގޮވުންތަކެއް ގޮވައި އަލިފާން ރޯވެފައިވާ ކަމަށް ރިޕޯޓުކޮށްފިއެވެ.
އީރާނުގެ ދައުލަތުގެ މީޑިއާ، ތަސްނީމް ނިއުސް އޭޖެންސީން ބުނި ގޮތުގައި، މި ގޮވުންތަކަކީ އެމެރިކާގެ މަރުކަޒަށް އަމާޒުކޮށް އީރާނުން ދިން ޑްރޯން ހަމަލާތަކެކެވެ.
އެ އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާތައް އަމާޒުކޮށްފައިވަނީ ކޭމްޕް ދޯހާގައި ހުރި ހަތިޔާރު ގުދަންތަކަށާއި ލޮޖިސްޓިކް ވަސީލަތްތަކަށެވެ. މި ހަމަލާތަކާ ގުޅިގެން ކުވައިތުގެ ވައިގެ ދިފާއީ ނިޒާމުން ޑްރޯންތަކަށް ހަމަލާދީފައިވާ ކަމަށްވެސް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
މީސްމީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ ސަރަހައްދުން ބޯ ދުން އަރަމުންދެއެވެ. މި ގޮވުންތަކުގެ އަޑު ކުވައިތާ އިންވެގެން އޮންނަ އިރާގުގެ ބަސްރާ ޕްރޮވިންސަށްވެސް އިވިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ނަމަވެސް، އީރާނުގެ މީޑިއާއިން ކުރާ މި ދައުވާތައް މިހާތަނަށް މިނިވަން ފަރާތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. މި ހާދިސާއާ ގުޅޭގޮތުން ކުވައިތުގެ ސަރުކާރުންނާއި އެމެރިކާގެ ރަސްމީ ފަރާތްތަކުންވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
ކޮމެންޓް