ހއ. ކެލާގެ މަގުހެދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ފާރެއް ވެއްޓި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މުވައްޒަފަކަށް އަނިޔާތަކެއް ލިބިއްޖެއެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ ކެލާ، ފެހިވިނަ، މުހައްމަދު އަބްދުﷲ އަށެވެ.
އެ ހާދިސާ ހިނގާފައިވަނީ މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން ކޭބަލް ހޮޅި އެޅުމަށްޓަކައި މަގު ކޮނުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. މަގު ކޮނުމުގެ ތެރޭގައި ވެއްޓިފައިވަނީ އެ ރަށު ފުރުންމާގޭގެ ފާރުން ބަޔަކާއި، ސަބުދެލިގޭގެ މަގުމަތީ ފާރުން ބައެކެވެ.
މި ހާދިސާގައި މުހައްމަދު އަބްދުﷲ ގެ މޭގެ ކަށިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، އޭނާގެ ފައިވެސް ވަނީ ބިނދިފައެވެ.
އޭނާއަށް މިހާރު ކެލާ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދާއިރު، ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ. އެހެންވެ، އޭނާ ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަަލަށް އިތުރު ފަރުވާއަށް ފޮނުވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ހއ. ކެލާ
ހއ. ކެލާ
ހއ. ކެލާ
ހއ. ކެލާ
ކޮމެންޓް