އަންހެނެއްގެ ޖަންގިޔަލުގެ ތެރެއިން މަސްތުވާތަ ތަކެތި ފެނުނު މައްސަލައިގައި، އަންހެން މީހާއަށް ކުރި ދައުވާ އަނބުރާ ގެނައީ ފިރިމީހާގެ އިއުތިރާފްގެ މައްޗަށް ޝަރީއަތްކޮށް ހުކުމްކޮށް ނިމުމުން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން މިއަދު ބުނެފިއެވެ.
އަންހެނެއްގެ ޖަންގިޔާ ތެރެއިން މަސްތުވާތަކެތި ފެނުނު މައްސަލައިގައި އެ މަސްތުވާތަކެއްޗާ މީހަކު ހަވާލުވުމުން ޕީޖީން މައްސަލަ ދޫކޮށްލާފައިވާ ކަމަށް ފެތުރޭ ހަބަރުތަކާ ގުޅިގެން، ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލައިގައި ދައުވާ ކުރީ ދެމަފިރިންގެ މައްޗަށް ކަމަށެވެ.
އެ މައްސަލައިގައި ފިރިމީހާ ބުނަނީ ފުލުހުން ހުއްޓުވި ވަގުތު އަނބި މީހާ އަތަށް ފޮރުވަން ދިން އެތީގައި މަސްތުވާތަކެތި ހުރިކަން އަނބި މީހާއަށް ނޭނގޭނެ ކަމަށެވެ. އަދި އަނބި މީހާވެސް ބުނަނީ ފިރިމީހާ ކުއްލިއަކަށް ދިން އެތި ފޮރުވައިދިން ކަމަށެވެ.
ނަމަވެސް އޭގައި ޑްރަގްސް ހުރިކަން ނޭނގޭ ކަމަށް ވެސް ބުނެފައިވެއެވެ.
މި މައްސަލައިގައި ހިމެނޭ ފިރިމީހާ އަކީ ކުށުގެ ދިގު ރެކޯޑެއް އޮތް މީހެއް ކަމަށާއި އަނބި މީހާގެ އިތުރު ރެކޯޑެއް ނެތް ކަމަށް ވެސް ބުނެފައިވެއެވެ.
"އަނބި މީހާގެ ދައުވާ އަނބުރާ ގެނައީ ފިރިމީހާ ޝަރީއަތުގައި އިއުތިރާފުވެ، ހުކުމްކޮށް ނިމުނީމަ، އާންމު އުސޫލެއްގެ ގޮތުން އެހެން މީހަކު ޒިންމާ ނެގިޔަސް އަނެކާ ކުށުން ބަރީއައެއް ނުވާނެ. އެކަމަކު އެކި މައްސަލަތަކުގެ ހާދިސާ ހިނގާ ގޮތުން ހާލަތު ތަފާތުވޭ،" ޕީޖީން ބުންޏެވެ.
އިބްރާހިމް ޒަކީ
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ކޮމެންޓް