އީރާނަށް ހަމަލާދިނުމުގެ ބަދަލުގައި އެ ގައުމާއެކު އެއްބަސްވުމަކަށް އައުމަށް އިސްކަންދެއްވާ ކަމަށާއި، އެއްވެސް ބަޔަކު މަރަން ބޭނުންފުޅުނުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ރިޔާސީ މަތިންދާބޯޓު، އެއާ ފޯސް ވަންގައި ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން އާދީއްތަ ދުވަހު ޓްރަމްޕް ވިދާޅުވި ގޮތުގައި، މެދުވެރިން މެދުވެރިކޮށް އީރާނާއެކު ކުރާ މަޝްވަރާތައް ހޯމަ ދުވަހު ފަށާނެއެވެ.
“އަޅުގަނޑު ބޭނުންވަނީ އެއްބަސްވުމަކަށް އަންނަން. މީހުން މަރާކަށް އަޅުގަނޑު ބޭނުމެއް ނޫން. ސަބަބަކީ އޭގެ ސަބަބުން ގިނަ ބަޔަކު މަރުވާނެތީ، އަދި އެއީ އަޅުގަނޑުމެން ބޭނުންވާ ގޮތެއް ނޫން،” ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި، ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ދޭ އެންމެ ވަރުގަދަ ހަމަލާ ކަމަށް އޭނާ ސިފަކުރެއްވި އަސްކަރީ އޮޕަރޭޝަން މަޑުޖައްސައިލެއްވީ ސައުދީ އަރަބިއްޔާއާއި، އެކުވެރި އަރަބި އިމާރާތް (ޔުނައިޓެޑް އަރަބް އެމިރޭޓްސް - ޔޫއޭއީ) އަދި ގަތަރުގެ އިތުރުން އީރާނުން ވެސް އެކަމަށް އެދުމުންނެވެ.
މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ ހޮރުމުޒް ކަނޑުއޮޅި ހުޅުވާލުމަށާއި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމާ ގުޅޭގޮތުން ކަމަށް ޓްރަމަޕް ފާހަގަކުރެއްވިއެވެ. އަދި މަޝްވަރާތައް ނާކާމިޔާބުވެއްޖެ ނަމަ، އަސްކަރީ ފިޔަވަޅު އެޅުމަށް އެމެރިކާ ސިފައިން ތައްޔާރަށް ތިބި ކަމުގެ އިންޒާރު ވެސް އޭނާ ދެއްވިއެވެ.
ނަމަވެސް، ހޮރުމުޒް ކަނޑުއޮޅިއާ ގުޅޭގޮތުން އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާ ކަމަށް ޓްރަމްޕް ދެއްކެވި ވާހަކަތައް އީރާނުގެ އަސްކަރީ އޮފިޝަލުންނާއި މީޑިއާތަކުން ވަނީ ދޮގުކޮށްފައެވެ. އީރާނުގެ ވަފުދާ ގުޅުންހުރި މަސްދަރަކާ ހަވާލާދީ ފާރްސް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކަނޑުއޮޅިއާ ގުޅޭ އެއްވެސް ރަސްމީ އެއްބަސްވުމެއް އަދި ގާއިމުކުރެވިފައެއް ނުވެއެވެ.
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ކޮމެންޓް