މީގެ ކުރިން އޮތް އެމްޑީޕީ ސަރުކާރުން ރަށްރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ފެނަކަ ކޯޕަރޭޝަން އާ ހަވާލު ކޮށްފައި އޮތީ ސަބް ކޮންޓްރެކްޓް ކުރުމުގެ މަގުސަދުގައިކަން ހާމަވާ ކަމަށް މިނިސްޓާ އޮފް އިންފްރާ ސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުالله މުއްތަލިބް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރަށްރަށުގެ ފެނާއި ނަރުދަމާގެ މައްސަލަތައް ލަސްވަމުންދާ މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ފެނާއި ނަރުދަމާގެ މަޝްރުއުތައް ކުރީ ސަރުކާރުން ފެނަކައާ ހަވާލުކޮށްފައި ވަނީ ގޯސްކަން ފާހަގަ ކުރައްވައި، މިނިސްޓަރު ވިދާޅުވީ، 20 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ފެނަކައާ ހަވާލު ކުރީ، މަސައްކަތް ކުރުމުގެ އެއްވެސް ކަހަލަ ތަޖުރިބާއެއް އަދި ހިސްޓްރީއެއް ވެސް ނެތް ކުންފުންޏެއްގެ ގޮތުގައި އޮތް އިރު ކަމަށެވެ.
އެ ޕްރޮޖެކްތްތައް ފެނަކައާ ހަވާލުކޮށްފައި، ވަގުތުން ރާއްޖެގައި ތިބި އަމިއްލަ ކުންފުނިތަކަށް ސަބްކޮންޓްރެކްޓް ކުރި ކަމަށް ވެސް ވިދާޅުވިއެވެ.
އޭގެ ތެރޭގައި ވެސް އެކަމުގެ ތަޖުރިބާ ނެތް ކުންފުނިތައް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މާލިއްޔަތުގެ ގަވާއިދުގައި މަނާކަމެއް މަޝްރޫއެެއް ސަރުކާރު ކުންފުންޏަކާ ހަވާކު ކުރުމަށްފަހު މުޅި މަޝްރޫއު އެއްކޮށް ސަބް ކޮންޓްރެކްޓް ކުރުމަކީ، ނަމަވެސް ފެނަކައިން ހުރީ އެ އުސޫލާ ހިލާފަށް މުޅި މަޝްރޫއު ސަބް ކޮންޓްރެކްޓްކޮށްފައި،"
އެގޮތަށް ކުންފުނިތަކާ މަސައްކަތް ހަވާލު ކުރުމަށްފަހު، އެޑްވާންސް ފައިސާ ވެސް ހުރީ ދީފައި ކަމަށާއި އެ ކުންފުނި ތަކުން ކޮންމެސް ވަރަކަށް މަސައްކަތް ކުރި ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު މަޝްރޫއުތައް ހުރީ ހުއްޓިފައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެހެން ކަމުން އެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ އެެހެން ގޮތެއް ނެތިގެން، ޓާމިނޭޓްކޮށް އެ މަސައްކަތްތައް އެމްޑަބްލިއުއެސްއީ އާ ހަވާލުކުރީ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ހިދުމަތް ދިނުން ލަސްވެފައި ވަނީ ކުރީ ސަރުކާރުން ކޮއްފައި ހުރި ހަޑިއެއްގެ ސަބަބުން ކަމަށެވެ.
އިބްރާހިމް ޒަކީ
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮމެންޓް