މި ސަރުކާރުން ކުރާ މަސައްކަތްތަކުގެ ފެންވަރު ފެންނާނީ މާލޭގެ ބޭރުމަގުން ކަމަށާއި އަމީނީ މަގުގެ މަސައްކަތުން ފެންނަނީ ކުރީގެ އެމްޑީޕީ ސަރުކާރުގެ ފެންވަރު ކަމަށް މިނިސްޓާ އޮފް އިންފްރާ ސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުالله މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، އަމީނީ މަގުގެ މަސައްކަތް އާރުޑީސީން ކުރިއަށް ގެންދިޔައީ އެއްވެސް ތަޖުރިބާއެއް ނެތް ބަޔަކު އިންޑިއާއިން މެނުއަލް މެޝިނެއް ގެނެސްގެން ކަމަށެވެ.
އެ މަސައްކަތް އެގޮތަށް ކުރިއަށް ގެންދަން ނިންމީ ކޮން އުސޫލަކުން ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު އަމީނީ މަގުގެ އެ ސެގްމަންޓުގެ މަސައްކަތް އޮތީ ގާތްގަނޑަކަށް ނިމިފައި ކަމަށެވެ.
ނަމަވެސް މަގު ބަންދުކޮށްފައި ނުބޭއްވުމަށްޓަކައި އެ މަސައްކަތް ނިންމުމުގެ ފުރުސަތު ދެއްވީ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އަދި ވިދާޅުވީ އާރުޑީސީން އަމިއްލައަށް ތާރުއެޅުމުގެ ކެޕޭސިޓީ ހުރި ކަމަށް ނިންމައިގެން ކުރި މަސައްކަތުގެ ނަތީޖާ މިއަދު އަމީނީ މަގުން ފެންނާން އެބައޮތް ކަމަށާއި، އެއާ ހިލާފަށް މި ސަރުކާރުން ކުރާ މަސައްކަތްތަކުގެ ފެންވަރު ރައްޔިތުންނަށް ސާފުކޮށް ފެންނާނެ ކަމަށެވެ.
އިބްރާހިމް ޒަކީ
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު
ކޮމެންޓް