ބޮލީވުޑަކީ މިހާރު އެއްބައިވަންތަކަން ކުޑަ، ވާދަވެރިކަން ބޮޑު އިންޑަސްޓްރީއެއް ކަމަށާއި، ނަމަވެސް ހޮލީވުޑްގައި އެއްވެސް ހަސަދަވެރިކަމެއް ނެތި ފަންނާނުންގެ މެދުގައި އެކުވެރިކަން އޮންނަ ކަމަށް މަޝްހޫރު އެކްޓަރު ސަންޖޭ ދަތު ބުނެފިއެވެ.
އޭއައިޖީ ހޮސްޕިޓަލްސްގެ ޔޫޓިއުބް ޗެނަލްގައި ޑރ. ޑީ ނާގޭޝްވަރު ރެޑީއާއެކު ދާދި ފަހުން ބޭއްވި އިންޓަވިއުއެއްގައި ވާހަކަދައްކަމުން ސަންޖޭ ވަނީ އޭނާގެ 45 އަހަރުގެ ފިލްމީ ކެރިއަރާ ގުޅޭގޮތުން ވާހަކަދައްކައިފައެވެ. އޭނާ ބުނި ގޮތުގައި އޭނާ ފިލްމީ ދާއިރާއަށް ނުކުތް ދުވަސްވަރު ބޮލީވުޑް އޮތީ އާއިލާއެއް ފަދައިންނެވެ.
“އަހަރެން ފެށިއިރު، އިންޑަސްޓްރީ އިހުސާސްކުރެވުނީ އާއިލާއެއްގެ ގޮތުގައި. އެންމެން ތިބީ އެކީގައި، އެންމެން އެކަކު އަނެކަކަށް އެހީތެރިވަމުން ދިޔަ. ނަމަވެސް މިހާރު މާ ބޮޑަށް ވާދަވެރިވެއްޖެ. އެއީ ހިތާމަހުރި ކަމެއް، އެކަމަކު އަލުން އެކުވެރިކަން އިއާދަވާނެ ކަމަށް އުންމީދުކުރަން،” ސަންޖޭ ބުންޏެވެ.
ބޮލީވުޑާ ހިލާފަށް ހޮލީވުޑްގައި އޮންނަ އެއްބައިވަންތަކަމަށް ތައުރީފުކުރަމުން ސަންޖޭ ބުނީ، އެތަނުގައި އެންމެންނަކީ ވެސް އެކުވެރިން ކަމަށާއި، ވާދަވެރިކަން އޮތަސް އެއީ ވަރަށް ސިއްހަތު ރަނގަޅު ވާދަވެރިކަމެއް ކަމަށެވެ. އަދި ހޮލީވުޑްގައި އެކްޓަރުންނާއި ލިޔުންތެރިން ވެސް ތިބެނީ އެކީގައި ކަމަށާއި، އެންމެންނަށް އެހީތެރިވާނެ ޖަމިއްޔާތައް ހުންނަ ކަމަށް އޭނާ ފާހަގަކުރިއެވެ.
“އޮސްކާ އެވޯޑްސްއަށް ބެލިޔަސް އެއްބައިވަންތަން ފެނޭ. އެކްޓަރަކު އެވޯޑާ ހަވާލުވުމަށް އަރާއިރު އެއްވެސް ހަސަދަވެރިކަމެއް ނުފެންނާނެ. އެންމެން އެކަކު އަނެކަކަށް އުފާފާޅުކުރާ މަންޒަރު ހަގީގަތުގައި ވެސް ފެންނާނެ. އެއީ ވަރަށް ރީތި މަންޒަރެއް،” ހޮލީވުޑާ ގުޅޭގޮތުން ސަންޖޭ ބުންޏެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ކޮމެންޓް