ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ތާރީހުގައި ފުރަތަމަ ފަހަރަށް، އެއް މަސްދުވަހުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ޓްރާންޝިޕްމަންޓް މުދާ އުފުލައި، އާ ރެކޯޑެއް ގާއިމުކޮށްފިއެވެ.
ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން މިއަދު ބުނީ މި އާ ރެކޯޑު ގާއިމުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގައި ކަމަށެވެ. މިއީ ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރަށް ބަލާއިރު ހާސިލުކުރެވުނު ތާރީހީ ކާމިޔާބީއެއްކަމަށް އެމްއޭސީއެލުން ބުންޏެވެ.
އެ ކުރިއެރުން ހާސިލުކުރެވިފައިވަނީ އެއާޕޯޓުން ކުރިއަށްގެންދާ ސީ-ޓު-އެއާ އަދި އެއާ-ޓު-އެއާގެ އޮޕަރޭޝަންތަކުގެ ސަބަބުންކަމަށް އެމްއޭސީއެލުން ބުންޏެވެ.
ޖުލައި މަހުގެ ތެރޭގައި ޓްރާންޝިޕްމަންޓް ކާގޯގެ ޖުމްލަ އަދަދު ވަނީ 2,000 ޓަނަށްވުރެ މައްޗަށް ގޮސްފައިކަމަށް އެމްއޭސީއެލުން ބުންޏެވެ. މިއީ އެއާޕޯޓުގެ ދިގު ތާރީހުގައި މަހެއްގެ މައްޗަށް އެފަދަ ބޮޑު މިންވަރަކަށް މުދާ އުފުލި ފުރަތަމަ ފަހަރުކަން އެމްއޭސީއެލުން ފާހަގަކުރިއެވެ.
އެ ނަތީޖާއާއެކު މީގެ ކުރިން ވީއައިއޭއިން ހާސިލުކޮށްފައިވާ ހުރިހާ ރެކޯޑުތަކެއް ވަނީ މުގުރާލާފައި ކަމަށާއި، ވަކިން ހާއްސަކޮށް، ސީ-ޓު-އެއާ ހިދުމަތަށް ބަލާއިރު، ޖުލައި މަހު އެކަނިވެސް 621 ޓަނުގެ މުދާ ވަނީ ފޮނުވާފައިކަމަށް އެމްއޭސީއެލުން ބުންޏެވެ.
އެއީ އެ ހިދުމަތް ރާއްޖޭގައި ތައާރަފުކުރި ފަހުން މަހެއްގެ ތެރޭގައި އެންމެ ގިނައިން މުދާ އުފުލި ފަހަރުކަމަށް އެމްއޭސީއެލުން ބުންޏެވެ.
މުހައްމަދު އިޝާން
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ކޮމެންޓް