ރާއްޖޭގެ އިގްތިސޯދީ ހާލަތު ގޯސްވެ، ތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާތީ އެކަމާ ދެކޮޅަށް އަޑުއުފުލުމަށް އަންނަ އޯގަސްޓު މަހުގެ 12 ވަނަ ދުވަހު މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް އެމްޑީޕީން ނިންމައިފިއެވެ.
އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ޕާޓީގެ ޗެއާޕާސަންގެ މަގާމު އަދާކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ދުވަހު މުޒާހަރާ ކުރުމަށް ނިންމާފައިވާކަން އިއުލާން ކުރައްވައިފައެވެ. އެ މުޒާހަރާ ބާއްވަން ނިންމީ، ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތަކަށް ސަރުކާރުގެ ސަމާލުކަން ހޯދުމަށްކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ފާހަގަކުރެއްވި ގޮތުގައި، އެ މުޒާހަރާގެ މައިގަނޑު މަގުސަދަކީ ތަކެތީގެ އަގު އުފުލުމާއި، ޑޮލަރުގެ ރޭޓު މައްޗަށް ދިއުމުގެ ސަބަބުން އާއިލާތަކަށް ކުރިމަތިވާ މާލީ ދަތިތަކާ މެދު އަޑުއުފުލުމެވެ.
މުހައްމަދު އިޝާން
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
ކޮމެންޓް