ސަބްސިޑީ ދިނުމަށް މިއަހަރުގެ ބަޖެޓުގައި ކަނޑައެޅި މިންވަރަށް ވުރެ އިތުރަށް ބަޖެޓުން ހޭދަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ މިހާތަނަށް ސަބްސިޑީއަށް ވަނީ 3.2 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ. މިއީ ބަޖެޓު ކުރި އަދަދަށް ވުރެ 10 ޕަސަންޓުގެ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ސަބްސިޑީއަށް ހޭދަކޮށްފައިވަނީ 1.8 ބިލިއަން ރުފިޔާ ކަމަށްވާއިރު، މިއަހަރުގެ ހަރަދުތައް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 77 ޕަސަންޓު އިތުރުވެފައެވެ.
މިއަހަރު ސަބްސިޑީގެ ހަރަދު މިހާ ބޮޑަށް އުފުލުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، ތެލުގެ އަގު ކޮންޓްރޯލް ކުރުމަށްޓަކައި އެސްޓީއޯއަށް ސަރުކާރުން ދިން އެހީތެރިކަން އިތުރުވުންކަމަށް ފިނޭންސުން ބުންޏެވެ.
ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކުރަނީ ތެލުގެ ސަބްސިޑީގެ އިތުރުން ޓްރާންސްޕޯޓް، ކުނި އަދި ނަރުދަމާގެ ހިދުމަތްތަކުން ދޭ ސަބްސިޑީއަށެވެ.
ބަޖެޓުގައި އެހެނިހެން އެހީތަކަށް 2.8 ބިލިއަން ރުފިޔާ ކަނޑައަޅާފައި އޮތް ނަމަވެސް، މިހާތަނަށް ވަނީ 1.4 ބިލިއަން ރުފިޔާ އެކަމަށް ހޭދަކޮށްފައެވެ. މީގެ އިތުރުން، އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާއިން އާސަންދަ ސްކީމަށް 1.2 ބިލިއަން ރުފިޔާ ވަނީ ހޭދަވެފައެވެ. އާސަންދައަށް މިއަހަރު ޖުމްލަ ދެ ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ. އަދި އެންސްޕާ މެދުވެރިކޮށް ބޭސްފަރުވާގެ އެހީގެ ގޮތުގައި 135 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
މުހައްމަދު އިޝާން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
ކޮމެންޓް