މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)އިން އޮޕަރޭޓްކުރާ ބޯޓަކުން 17 ކޮންޓޭނަރު ސްްރީ ލަންކާ ކައިރިއަށް ކަނޑަށް ވެއްޓިއްޖެއެވެ.
ލަންކާގެ ކޮލަމްބޯ ޕޯޓާ 17 މޭލު ބޭރުން ހިނގި އެ ހާދިސާގައި ކަނޑަށް ވެއްޓިފައިވަނީ ހުސް ކޮންޓޭނަރުތަކެއްކަމަށް އެ ގައުމުގެ "ޑެއިލީ މިރާ" ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
އެ ހާދިސާ ހިނގާފައިވަނީ މާލެއިން ފުރައިގެން މިދިޔަ އަންގާރަ ދުވަހު ކޮލަމްބޯއަށް ދަތުރުކުރި ބޯޓަކަށެވެ.
ކޮލަމްބޯ އިންފޮމޭޝަން ފިއުޝަން ސެންޓަރު (އައިއެފްސީ) އާ ހަވާލާދީ ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވަނީ، ކޮންޓޭނަރުތައް ވެއްޓެން މެދުވެރިވީ މޫސުން ގޯސްވުމުގެ ސަބަބުން ބޯޓަށް ދިމާވި ލޮޅުންތަކެއްގައި ކަމަށެވެ. އެ ހާދިސާއާ ގުޅިގެން ލަންކާގެ ފިޝަރީޒް ޑިޕާޓްމަންޓުން ވަނީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކާއި މަސްވެރިން ސަމާލުވުމަށް އެލާޓެއް ނެރެފައެވެ.
އެ ކޮންޓޭނަރުތައް ލަންކާގެ ހުޅަނގު އައްސޭރިފަށުގެ ރަށްތައް ކަމަށްވާ ބެރުވަލާ އާއި ނެގޮމްބޯއަށް ލެއްގުމުގެ ފުރުސަތު އެބައޮތްކަމަށް ލަންކާގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
އެހެންވެ، އެމްއާރުސީސީ އާއި ލަންކާގެ ނޭވީން ދަނީ އެ ސަރަހައްދު މޮނިޓަރ ކުރަމުންނެވެ. އަދި އެއްވެސް ކޮންޓޭނަރެއް ފެނިއްޖެ ނަމަ، ލަސްނުކޮށް އެކަން އެންގުމަށް ވެސް ވަނީ އެދިފައެވެ.
މުހައްމަދު އިޝާން
މޯލްޑިވްސް ސްޓޭޓް ޝިޕިން
މޯލްޑިވްސް ސްޓޭޓް ޝިޕިން
މޯލްޑިވްސް ސްޓޭޓް ޝިޕިން
މޯލްޑިވްސް ސްޓޭޓް ޝިޕިން
ކޮމެންޓް