މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމް 2025 ގެ ތިންވަނަ އެޑިޝަން އަންނަ ބުދަ ދުވަހު ބާއްވާގޮތަށް ނިންމައިފިއެވެ.
މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމް 2025 އަކީ ރާއްޖޭގެ ކަނޑުގެ ސިނާއަތުގެ މުސްތަގުބަލަށް ނުފޫޒު ފޯރުވުމަށް މުހިންމު ބައިވެރިންގެ މެދުގައި ކޮންމެހެން ކުރަންޖެހޭ މަޝްވަރާތައް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ ފޯރަމެކެވެ.
ގިނަ ކުންފުނިތަކެއް ގުޅިގެން ކުރިއަށްގެންދާ އެ ފޯރަމްގެ މަގުސަދަކީ މެރިން އިންޑަސްޓްރީގައި ހުރި ގޮންޖެހުންތަކާއި އެކަމަށް ހައްލު ހޯދުމަށް ކުރަންހުރި މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.
އެ މަޝްވަރާގެ މައުލޫއުތަކުގެ ތެރޭގައި ރިސޯސަސް އެންޑް ފައިނޭންސް، މެރިޓައިމް ކާގޯ، މެރިން ކަނެކްޓިވިޓީ، ވޯޓާސްޕޯޓްސް އަދި ޑައިވިން ފަދަ ގިނަ ކަންތައްތަކެއް ހިމެނޭނެއެވެ. އޭގެ އިތުރުން ރާއްޖޭގެ މެރިން ސިނާއަތް ކުރިއެރުވުމަށް ބާރު އެޅުމުގެ ގޮތުން ޕަބްލިކް ސެކްޓާއާއި ޕްރައިވެޓް ސެކްޓާގެ މެދުގައި ގުޅުން ބަދަހިކުރުން ވެސް ހިމެނެއެވެ.
ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އާ ގުޅިގެން ބާއްވާ އެ ފޯރަމް އޮންނާނީ އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހު ހޮޓެލް ޖެންގައެވެ.
އެ ހަރަކާތުގައި މެރިން އިންޑަސްޓްރީގެ ފާހަގަކޮށްލެވޭ ފަރާތްތަކާއި ސަރުކާރުގެ އިސްވެރިންނާއި އެކި މުއައްސަސާތަކުގެ އިސްވެރިންނާއި ޕްރައިވެޓް ސެކްޓާގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.
އެ އެކްސްޕޯގެ ގޯލްޑް ސްޕޮންސަރުންނަކީ އެލައިޑް އިންޝުއަރެންސް ކޮމްޕެނީ، މޯލްޑިވްސް ސްޓޭޓް ޝިޕިން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އަދި ދިރާގެވެ. އެ އިވެންޓުގެ ބްރޯންޒް ސްޕޮންސަަރަކީ އެލިއާ އިންވެސްޓްމަންޓް އެވެ.
ފާތިމަތު ލިއުޝާ
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު