ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ތ. ހިރިލަންދޫން ދެ އަންހެނުންނާއި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހިރިލަންދޫއަށް ނިސްބަތްވާ ތިން މީހުންނެވެ. އޭގެ ތެރޭގައި އެއްބަނޑު އެއްބަފާ ދެ އަންހެނުންވެސް ހިމެނެއެވެ.
މައްސަލައިގައި ހައްޔަރުކުރި މީހުން
- ރައީޝާ ހާލިދު، ބޯގަންވިލާ، ތ. ހިރިލަންދޫ 22އ
- ފާތިމަތު އާރިޝާ، ބޯގަންވިލާ، ތ. ހިރިލަންދޫ 31އ
- ލަހުފާން އަބްދުލް ލަތީފް، ބީޗް ހެވެން، ލ. މާމެންދޫ 21އ
މި މައްސަލައިގައި ހައްޔަރުކުރި ލަހުފާނަކީ ކުޑައިރުއްސުރެ ހިރިލަންދޫގައި ދިރިއުޅޭ މީހެކެވެ. އޭނާގެ މަންމައަކީ ހިރިލަންދޫ މީހެކެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކުރި ރައީޝާ ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ލަހުފާނުއާއެވެ. އެނގިގައިވާ ގޮތުގައި މީގެ ކުރިންވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ލަހުފާން ހައްޔަރުކޮށްފައިވެއެވެ.
އެނގިފައިވާ ގޮތުގައި އެ ތިން މީހުން މިއަދު ހެނދުނު ހައްޔަރުކުރީ ހިރިލަންދޫ ގެއެއް ބަލައިފާސްކޮށްގެންނެވެ. އެތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާކަން އެނގިފައިވެއެވެ. ނަމަވެސް ސީދާ އަދަދެއް ސާފެއް ނޫނެވެ.
އެ ރަށުން "ވަން" އަށް މައުލޫމާތު ދިން ބައެއް މީހުން ބުނި ގޮތުގައި އެ ތިން މީހުންނަކީވެސް އެ ރަށުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އަދި މަސްތުވާތަކެތި ބޭނުންކުރާ މީހުންނެވެ.
މި މައްސަލައިގެ ތަފްސީލު ހޯދުމަށް "ވަން" އިން ފުލުހުންނަށް ގުޅުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ ފަދަ އޮޕަރޭޝަނެއް އެ ރަށުގައި ކުރިއަށްދާ ކަމަށާއި ފަހުން އެކަމުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
މަސްތުވާތަކެތީގެ މައްސަލަތައް
ކޮމެންޓް