ފުލުހުން ހިންގާ ޖިނާއީ ތަހުގީގަކަށް ހާޒިރުކުރަން ބޭނުންވާ ދެ މީހަކު ނުފެނިގެން ހާޒިރުވާން އަންގައި ވަނަވަރު އާއްމުކޮށްފިއެވެ.
ފުލުހުން ބުނީ ފުލުހުން ކުރަމުން އަންނަ ތަހުގީގަކަށް ހާޒިރު ކުރަން ބޭނުންވެ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ހަވާލު ނުކުރެވިގެން ހޯދަމުން އަންނަނީ ށ. ކޮމަންޑޫ ހިޔަލީގެ އިބްރާހިމް އަޒުހަދު (36އ) އާއި ގއ. ކަނޑުހުޅުދޫ ނިއުޒިލް ޝިހާނު އަހްމަދު (27އ) ކަމަށެވެ.
އެ ދެމީހުން ހޯދަނީ ފުލުހުންގެ ޓެރަރިޒަމް އެންޑް ވައިލެންޓް އެކްސްޓްރީމިޒަމް އިންވެސްޓިގޭޝަންސް (ޓެރަރިޒަމާއި ހައްދުފަހަނައަޅައިދިއުމުގެ އަމަލުތައް ހުއްޓުވުމާއި އެފަދަ މައްސަލަތައް ތަހުގީގުކުރާ) ޑިޕާޓްމަންޓުންނެވެ.
އެހެންކަމުން އެ ދެމީހުންގެ މައްޗަށް ފުލުހުން ކުރަމުން އަންނަ ތަހުގީގާ ގުޅިގެން ސުވާލު ކުރުމަށް މި މަހުގެ 15 ވަނަ ދުވަހުގެ 3:00 އަށް އަޒުހަދު އަދި، ނުވަވަނަ ދުވަހުގެ 9:00 އަށް ޝިހާނު، ސާޖަންޓު އާދަމް ހަލީމް، ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް ހާޒިރުވާން ވަނީ އަންގައިފައެވެ.
އިބްރާހިމް ޒަކީ
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް