އަނގަމަތި ފަޅާލާނެ ކަމަށް ބުނެ ޕޮލިހަކަށް އިންޒާރުދިން މީހަކު 28،800 އިން ޖޫރިމަނާ ކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައަކީ، ތ. ތިމަރަފުށ،ި ފުޓުބޯޅަ ދަނޑު ކައިރީގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސާޖަންޓް އަހްމަދު މާނިއު ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް، އަނގަމަތި ފަޅާލާނެ ކަމަށް ބުނެ އޭނާއަށް ދިން އިންޒާރުގެ މައްސަލައެކެވެ.
މި މައްސަލައިގައި އެ ސަރަހައްދަށް ގޮސް އޭނާއަށް ބިރު ދައްކައި އިންޒާރު ދިނީ ނ. މިލަދޫ ނިޝާން/ މުހައްމަދު ހުމާމް އަބޫބަކުރެވެ.
މިކަމާ ގުޅިގެން ހުމާމްގެ މައްޗަށް ދައުލަތުން ކޮށްފައި ވަނީ، މީހަކަށް އަނިޔާއެއް ލިބިދާ ފަދަ ކުށެއް ކޮށްފާނެ ކަމުގެ ބިރު ދެއްކުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލަ ބެލުމަށްފަހު، ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓުން ހުކުމްކުރީ، މީހަކަށް އަނިޔާއެއް ލިބިދާ ފަދަ ކުށެއް ކޮށްފާނެ ކަމުގެ ބިރު ދެއްކުމުގެ ކުށުގެ ދައުވާއާ ގުޅިގެން ހުށަހެޅިފައިވާ ހެކި ގަރީނާއިން، ހުމާމުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާ ކަމަށެވެ.
އެހެންކަމުން މި ކުށުގެ އުގޫބާތެއްގެ ގޮތުން ހުމާމު ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމްކޮށް، އެ ހުކުމް ޖޫރިމަނާ ކުރުމުގެ އަދަބަށް ބަދަލުކޮށް 28،800 ރުފިޔާއިން ޖޫރިމަނާކޮށް، އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކައި ހަލާސް ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
އިބްރާހިމް ޒަކީ
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް