ނިއުކާސަލްއަށް ކުޅެމުންދާ ބްރޫނޯ ގިމަރޭސް، އާސެނަލަށް ބަދަލުވާން ދެ ކްލަބުން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ނޫސްތައް ބުނެފިއެވެ.

ހަބަރުތައް ބުނެފައި ވަނީ އާސެނަލުން ގިމަރޭސްއާއެކު މިހާރު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށާއި، އަގެއްގެ ގޮތުގައި ދެ ކްލަބުން އެއްބަސްވީ 77 މިލިއަން ޕައުންޑަށް ކަމަށެވެ.

އާސެނަލާއި ނިއުކާސަލް އަގަކަށް އެއްްބަސްވުމުގެ ކުރިން ގިމަރޭސް ވަނީ އާސެނަލަށް ދާން ބޭނުންވާކަން ނިއުކާސަލްއަށް އަންގައިފައެވެ. ފުރަތަމަ ގިމަރޭސް ހޯދަން އާސެނަލުން ކުރި 55 މިލިއަން ޕައުންޑްގެ ބިޑަކާއި 70 މިލިއަން ޕައުންޑްގެ ބިޑަކަށް ނިއުކާސަލްއިން ނޫނެކޭ ބުނެފައިވާ ކަމަށް ނޫސްތައް ބުނެއެވެ.

އާސެނަލާއި ނިއުކާސަލްއިން ޓްރާންސްފާ ފީއަކަށް 77 މިލިއަން ޕައުންޑަށް އެއްބަސްވި ނަމަވެސް، އޭގެ އިތުރުން 6.8 މިލިއަން ޕައުންޑް ބޯނަސް ގޮތުގައި ދޭނެ ކަމަށްވެސް ނޫސްތައް ބުނެފައިވެއެވެ.

އުމުރުން 28 އަހަރުގެ ގިމަރޭސް، ބްރެޒިލާއެކު ވޯލްޑް ކަޕްގައިވެސް މޮޅަށް ކުޅެފައިވާ އިރު، އޭނާ އާސެނަލަށް ބަދަލުވާން އެންމެ ބޮޑަށް ބޭނުންވާ ސަބަބެއް ކަމަށް ހަބަރުތައް ބުނީ ޗެމްޕިއަންސް ލީގުގައި ކުޅުމަށެވެ. ނިއުކާސަލް އަންނަ ސީޒަނުގައި ޔޫރަޕް ފުޓުބޯޯޅައެއް ނުކުޅޭނެއެވެ. އެއީ 12 ވަނައިގައި ނިންމާލުމުންނެވެ.

ނިއުކާސަލްގައި މިވަގުތު އުނދަގޫ ހާލަތެއް އޮތް އިރު، އެ ޓީމުގެ ކޯޗުކަމުގައި ހުރި އެޑީ ހޯވް ވަނީ މަގާމު ދޫކޮށްލައިފައެވެ. ނިއުކާސަލްއިން ވަނީ މިހާތަނަށް ސާންޑްރޯ ޓޮނާލީއާއި އެންތަނީ ގޯޑަންވެސް ވިއްކާލައިފިއެވެ.