އިއްޔެ ކ. ތިލަފުށިން ފުރައިގެން ދަތުރުކުރި ކޮޅުވެއްޓިއެއް ކ. ގާފަރު ކައިރިއަށް ދިޔަވެ އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ދެ މީހުން އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ އިއްޔެ ހެނދުނު 08:48 އެހައިކަންހާއިރު ކަމަށެވެ.
ބަންޑުން ޖަހާލި ކޮޅުވެއްޓިން ދަތުރުކުރަމުން ދިޔައީ 10 މީހެކެވެ. އޭގެ ތެރެއިން ދެ މީހަކު ވަނީ އެ ހާދިސާގައި ގެއްލިފައެވެ. އެއީ ދެ ބިދޭސީންނެވެ. އެ ދެ ބިދޭސީން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ. ސަލާމަތްކުރި އަށް މީހުންގެ ތެރެއިން ދެ މީހުންނަކީ ދިވެހިންނެވެ.
އެ އަށް މީހުން މިހާރު ވަނީ ގާފަރަށް ގެންގޮސްފައެވެ.
މުޅި ރާއްޖެއަށް މޫސުން ގޯސްވެފައިވާ މި ދަނޑިވަޅުގައި ކަނޑުމަތީގެ ނުރައްކާތެރި އެހެން ހާދިސާއެއްވެސް އިއްޔެ ވަނީ ހިނގާފައެވެ. އެގޮތުން މާފުށީ ބޭރުގައި އޮތް ސަފާރީއެއްގެ ނަގިލި ކަހާލައިގެން ގޮސް ފަރުމައްޗަށް ލައްވެ، ވަނީ ފުނޑު ފުނޑުވެފައެވެ.
އާއިޝަތު މާހާ
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް
ކޮމެންޓް