ކުރިއަށް އޮތް ދެ ފިލްމެއް ކަމަށްވާ “ރަނަބާލި” އަދި “މައިސާ” ގެ ޝޫޓިންގެ ތެރެއިން ބަތަލާ ރަޝްމިކާ މަންދަނާގެ އުނަގަނޑަށް ބޮޑު އަނިޔާއެއް ލިބިފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ. އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އަނިޔާއާ ގުޅިގެން 6 ހަފުތާ ވާންދެން އަރާމުކުރުމަށް ޑޮކްޓަރުން ވަނީ ލަފާދީފައެވެ.
ޓައިމްސް އޮފް އިންޑިއާ އަދި އިންޑިއާ ޓުޑޭ ފަދަ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރަޝްމިކާއަށް އަނިޔާވެފައިވަނީ ނެށުމުގެ މަންޒަރެއް ނަގަން އުޅުމުގެ ތެރޭގައެވެ.
މި ހާދިސާގައި އޭނާގެ އުނަގަނޑުގެ ޓެންޑަން އެއްކޮށް ވަކިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ އާންމުގޮތެއްގައި ބަރު ކަސްރަތުކުރާ އެތުލީޓުންނަށް ލިބޭ ފަދަ އަނިޔާއެއް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ މީޑިއާތަކުން ބުނެފައިވެއެވެ. އަދި އަރާމުކުރުމަށްފަހު، އަލުން ހަށިގަނޑުގެ ބާރު ހޯދުމަށް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ވެސް ފުރިހަމަކުރާން ޖެހޭނެ ކަމަށް ވެސް ރިޕޯޓުތަކުގައިވެއެވެ.
މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، މި އަނިޔާގެ ސަބަބުން ރަޝްމިކާ ކުޅެމުން އަންނަ ފިލްމުތަކުގެ ޝޫޓިންތަކަށާއި އޭނާ އެމްބެސެޑަރެއްގެ ގޮތުގައި ހަރަކާތްތެރިވާ ބްރޭންޑުތަކުގެ މަސައްކަތްތަކަށް ބުރޫއަރާނެއެވެ.
އޭނާ މިހާރު މަސައްކަތްކުރަމުން އަންނަ “ރަނަބާލި” އަކީ ވިޖޭ ދޭވަރަކޮންޑާއާއެކު ކުޅޭ ޕީރިއަޑް ޑްރާމާއެކެވެ. އަދި “މައިސާ” އަކީ އޭނާ ލީޑު ރޯލުން ފެނިގެންދާ އެކްޝަން ތްރިލާއެކެވެ. މީގެ ކުރިން “މައިސާ” ގެ ޝޫޓިންގައި ރަޝްމިކާ ވަނީ ސްޓަންޓް ޑަބަލްއަކާ ނުލައި ފެނު އަޑީގެ އެކްޝަން މަންޒަރުތަކެއް ވެސް ނަގާފައެވެ.
މި ހާދިސާއާ ގުޅޭގޮތުން ގިނަ ވާހަކަތަކެއް ދެކެވެމުން ދިޔަ ނަމަވެސް، ރަޝްމިކާ ނުވަތަ އޭނާގެ ޓީމުން އަދި ފިލްމުތަކުގެ ޕްރޮޑަކްޝަން ޓީމަކުން ވެސް މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އެހެންކަމުން މިއީ އަދި ކަށަވަރުވެފައިވާ މައުލޫމާތެއް ނޫނެވެ. ރަޝްމިކާގެ ސިއްހީ ހާލަތާއި ފިލްމުތަކުގެ ޝޫޓިންއަށް އަންނާނެ ބަދަލުތައް އެނގޭނީ ރަސްމީ ފަރާތަކުން މައުލޫމާތު ހާމަކުރުމުންނެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ކޮމެންޓް