ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެމުންގެންދާ ހުރިހާ ހިދުމަތްތަކެއް ހުޅުމާލެއަށް ބަދަލުކޮށްފިއެވެ.
އެޗްޕީއޭއިން މިރޭ ބުނީ އެ އިދާރާގެ ހިދުމަތްތައް ބަދަލުކޮށްފައިވަނީ ހުޅުމާލޭ މެންހެޓަން ގްރޭންޑް ހޮޓެލްސް އިމާރާތަށް ކަމަށެވެ.
މިއީ ހުޅުމާލޭގައި ހުންނަ ވެމްކޯގެ ސައިޓާ ޖެހިގެން ހުންނަ އިމާރާތެކެވެ. މީޑިއާ ވިލެޖުވެސް ތަރައްގީ ކުރަމުންދަނީ މި އިމާރާތުގައެވެ. އެޗްޕީއޭއަކީ މި އިމާރާތަށް ހިދުމަތްތައް ބަދަލުކުރި ސަރުކާރުގެ ފުރަތަމަ އިދާރާއެވެ.
އެޗްޕީއޭއިން ބުނީ މާދަމާއިން ފެށިގެން އެޗްޕީއޭގެ ހުރިހާ ހިދުމަތެއްވެސް ދެމުންދާނީ މެންހެޓަން ގްރޭންޑް ހޮޓެލް އިމާރާތުގެ ދެވަނަ ފަންގިފިލާގައި ހުޅުވާފައިވާ އެޗްޕީއޭގެ އޮފީސް ކައުންޓަރުން ކަމަށެވެ.
މުހައްމަދު އިޝާން
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)
ކޮމެންޓް