މިހާރު ކުރަމުންދާ ވިއްސާރައިގައި، ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހުޅުމާލެއަށް ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން އާންމުކުރި ތަފާސްހިސާބުތަކައް ބަލާއިރު، ހުޅުމާލެއަށް 84.2 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. މީގެ އިތުރުން ބ. ދަރަވަންދޫއަށް 83.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، އައްޑޫ ސިޓީ ހިތަދޫއަށް ވަނީ 70.6 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.
މި މުއްދަތުގެ ތެރޭގައި އެންމެ މަދުން ވާރޭ ވެހުނު ކަމަށް ރެކޯޑް ކުރެވިފައިވަނީ ހދ. ކުޅުދުއްފުއްޓަށެވެ. އެއީ 6.6 މިލިމީޓަރުގެ ވާރޭއެވެ.
މި ދުވަސްވަރު މޫސުން ގޯސްވެފައިވަނީ ރާއްޖޭގެ އުތުރާއި އިރުދެކުނުގައި އުފެދިފައިވާ "ލޯ ޕްރެޝާ ޓްރެފް" އެއްގެ ސަބަބުން، ހުޅަނގު ފަރާތުގައި ބޯ ވިއްސާރަވިލާ އުފެދެމުންދާތީ ކަމަށް މެޓުން ބުންޏެވެ.
ކުރިއަށް އޮތް ހަފްތާ ބަންދުގައިވެސް މޫސުން ގޯސްވާނެތީ، ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން، ސިނަމާލެ ބްރިޖާއި ހައިވޭ ބޭނުންކުރާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ވަކިން ހާއްސަކޮށް، ބާރު ސްޕީޑުގައި އުޅަނދުތައް ނުދުއްވުމަށާއި، މޫސުމަށް ބަލައިގެން ރައްކާތެރިކަމާއެކު ދަތުރުފަތުރު ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މުހައްމަދު އިޝާން
މެޓް އޮފީސް
މެޓް އޮފީސް
މެޓް އޮފީސް
މެޓް އޮފީސް
ކޮމެންޓް